Advertisement

ލުނބޯގެ އަގު އަތް ނުފޯރާ ފަށަށް، ކިލޯއެއް 120ރ. އަށް!

12 އޮގަސްޓު 2024 - 20:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދަތުރުވެރިންގެ މާރުކޭޓުގައި މިހާކު ވިޔަފާރިކުރަނީ: މާރުކޭޓުގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 120ރ. އަށް އުފުލިފައި -- ފޮޓޯ: އަދަދު ފައިލް


ލުނބޯގެ އަގު އަތް ނުފޯރާ ފަށަށް، ކިލޯއެއް 120ރ. އަށް!

12 އޮގަސްޓު 2024 - 20:28 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ލުނބޯގެ އަގު އަތް ނުފޯރާ ފަށަށް ގޮސް، ކިލޯއެއް 120ރ. އަށް ވިއްކަން މިއަދު ފަށައިފި އެވެ.

ކުރިން 35ރ. އަށް ކިލޯއެއް ލިބޭ ލުނބޯގެ އަގު އުފުލެން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އަގު 50،ރ. އަށް އަރައި، ފަހުން 80ރ. އަށް އެރުމަށްފަހު، އިއްޔެ ވިއްކީ 100ރ. އަށެވެ.

"ހަފްތާއެއް ތެރޭގައި މިވަރަށް މި އަގު އުފުލުނީ. ހޯލްސޭލް ކުރާ މީހުން ވިއްކަނީ އަގުބޮޑުކޮށް. އެމީހުން ބުނާ ގޮތުން ޝިޕްމަންޓެއް ލަސްވެގެން އުޅެނީ. އެމީހުން ވިއްކާ އަގަށް ފައިދާއެއް ލާފައި އަހަރުމެން ވެސް މި ވިއްކަނީ،" މާރުކޭޓުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ ހޯލްސޭލްކޮށް ލުނބޯ ލިބޭ އަގު އުފުލެމުންދާ ނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަގު އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހޯލްސޭލްކުރާ ތަންތަނުގައި 8 ކިލޯގެ ލުނބޯ ކޭހެއް މިހާރު ލިބެން ހުރީ 880ރ. އަށެވެ. އިއްޔެ ކޭހެއްގެ އަގު 950ރ. އަށް ވެސް އަރައިގެންދިޔަ އެވެ.

ކިއުކަމްބާގެ އަގު ވެސް އުފުލެމުން ގޮސް މިހާރު ކިލޯއެއް ލިބެން ހުރީ 60ރ. އާއި 65ރ. އަށެވެ. ކެރެޓް ކިލޯއެއް 50ރ. އަށް ހުރިއިރު ކެބެޖް ކިލޯއެއް ހުރީ 45ރ. އަށެވެ. ކެޕްސިކަމް ކިލޯއެއް 80ރ. އަށް ހުރިއިރު ލީކްސް ކިލޯއެއް ލިބެން ހުރީ 90ރ. އަށެވެ.

މޭވާގެ ބާވަތްތަކަށް ބަލާއިރު ފަޅޯ ކިލޯއެއް ހުރީ 45ރ. އާއި 50ރ. އަށެވެ. މޭބިސްކަދުރުގެ ހުރިހާ ބާވަތެއް ލިބެން ހުރީ 100 ގްރާމު 15ރ. އަށެވެ. ޖުމްހޫރީމޭވާ ކިލޯއެއް ލިބެން ހުރީ 90ރ. އަށެވެ. އަދި ފޭރު ކިލޯއެއް ލިބެން ހުރީ 75ރ. އަށެވެ.

އޭގެއިތުރުން ކޮޕީފަތް ބޮނޑިއެއް އަދި ކަންކުން ފަތް ބޮނޑިއެއް ވެސް ލިބެންހުރީ މިހާރު 10ރ. އަށެވެ. ލެޓިއުސްގެ އަގު ރޯދަ މަހު އުފުލުނު ގޮތަށް ލިބެން ހުރީ 100ރ. އާއި 120ރ. އާ ދެމެދު އެވެ. ނަމަވެސް ކަނޑޫދޫ މިރުހުގެ އަގު ދަށްވެ 100 ގްރާމު ލިބެން ހުރީ 25ރ. އާއި 30ރ. އަށެވެ.