Advertisement

އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހިން ވެސް އޮތޮރިޒޭޝަން ނަގަން ޖެހޭ: ފޮރިން މިނިސްޓްރީ

19 ސެޕްޓެންބަރު 2024 - 07:55 0

އަމަން ހަލީމް

އ

Advertisement

އިނގިރޭސިވިލާތުގެ އެއާޕޯޓެއްގެ އިމިގްރޭޝަން ސަރަހައްދު: އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭ -- ފޮޓޯ: ޑޭވިޑް ސްޓޯން/ރެކްސް


އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހިން ވެސް އޮތޮރިޒޭޝަން ނަގަން ޖެހޭ: ފޮރިން މިނިސްޓްރީ

19 ސެޕްޓެންބަރު 2024 - 07:55 0

Advertisement

Advertisement

އަންނަ އަހަރުގެ ޖެނުއަރީ، 8 އިން ފެށިގެން ރާއްޖޭން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ވެސް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ނަގަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިއީ އިނގިރޭސި ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވާއިދަށް ގެނައި ބަދަލުތަކެއްގެ ދަށުން ކުރަން ޖެހޭ ކަމެކެވެ. އާ ގަވާއިދުގެ ދަށުން އަންނަ އަހަރުގެ ތެރޭގައި އެ ގައުމަށް ދަތުރުކުރާ އެންމެން އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭ ނަގަން ޖެހެ އެވެ.

Advertisement

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދުތައް ބަދަލުކުރީ، އެ ގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުން ކަމުގައި އެ ގައުމުގެ ސަރުކާރާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ ނޮވެމްބަރު، 27 އިން ފެށިގެން އީޓީއޭއަށް ރިކުއެސްޓު ކުރެވޭނެ ކަަމަށެވެ. އެގޮތުން އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އީޓީއޭ ނެގުމަށް ފަހު ކުރާ ކޮންމެ ދަތުރެއްގައި އެއް ފަހަރާ ގިނަ ވެގެން ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ނުވަތަ ޕާސްޕޯޓު މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

Advertisement

މިހާރު ގަވާއިދުތައް އޮންނަ ގޮތުން ދުރާލާ އިތުރު އެއްވެސް ހުއްދައެއް ނުނެގިޔަސް، އިނގިރޭސިވިލާތަށް ދަަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ.