Advertisement

ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަނުކޮށްފި

18 ސެޕްޓެންބަރު 2024 - 11:40 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީޖީގެ މަގާމަށް އައްުޔަނު ކުރި، އައްބާސް ޝަރީފު. އޭނާ އެ މަގާމަށް އައްުޔަނު ކުރެއްވިކަން، ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު "އަދަދު" އަށް ކަށަވަރު ކޮށްދެއްވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަނުކޮށްފި

18 ސެޕްޓެންބަރު 2024 - 11:40 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްުޔަނު ކުރެއްވިކަން، ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު "އަދަދު" އަށް ކަށަވަރު ކޮށްދެއްވި އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރެއްވިކަން، ސަރުކާރުން ރަސްމީކޮށް އަދި ހާމަ ނުކުރި ނަމަވެސް މިވަގުތު އޭނާ ހުންނެވީ ޕީޖީ އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވަން ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް މައުލޫމާތު ދިނެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރަން ރައީސް މުއިއްޒު އޭނާގެ ނަން ފޮނުއްވީ މަޖިލީހުގެ ދައުރުން ބޭރުން މި މަހު ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ. އެ ޖަލްސާ އޮތީ މި މަހު 11 ގަ އެވެ. އޭނާއާ އިންޓަވިއުކޮށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އައްބާސް ޕީޖީގެ މަގާމަށް އައްޔަނުކުރަން ރުހުން ދޭން މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ ވޯޓު ދެއްވީ ޕީޖީގެ މަގާމަށް އައްބާސް ގެންނަން ރުހުން ދޭން ފެންނަ ކަމަށެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އޮގަސްޓު 22، ގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން އެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރި އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ އެއްވެސް ބޭފުޅަކު އެދިވަޑައިގެން ނޫން ކަމަށް އައްބާސް މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފައިވެ އެވެ. ޕީޖީ ކަމަށް އައްޔަނުކޮށްފި ނަމަ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި މީހެއްގެ މޫނަކަށް ނުބައްލަވާނެ ކަމަށް ވެސް އިއްޔެ އައްބާސް ވިދާޅުވި އެވެ.