Advertisement

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފްތިތާހުކޮށްފި

18 ސެޕްޓެންބަރު 2024 - 11:07 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިކޮނޮމިކް މިނިސްޓަރު ސައީދު: ފަންނުވެރިންގެ ހާއްސަ ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފްތިތާހުކުރުން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފްތިތާހުކޮށްފި

18 ސެޕްޓެންބަރު 2024 - 11:07 1

ފަންނުވެރިންނަށް ހާއްސަކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ފަރުމާކުރި "ކްރިއޭޓިވް އިކޮނޮމީ ފަންޑު" ގެ ނަމުގައި ފަންޑެއް ރޭ އިފްތިތާހުކޮށްފި އެވެ.

އެ ފަންޑު މެދުވެރިކޮށް ފަންނުވެރިންނަށް ފިލްމު ހެދުމާއި މިއުޒިކް އުފެއްދުމާއި ފެޝަން ޑިޒައިން ކުރުމުގެ އިތުރުން އަދަބިއްޔާތާއި އަތްތެރި މަސައްކަތް ފަދަ އީޖާދީ އަދި ފަންނުވެރި މަސައްކަތްތަކުން މުޖުތަމައުއަށް ކުރާ އަސަރު ދެނެގަނެ، ރާއްޖޭގެ ފަންނާނުންނާއި ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް މާލީ އެހީވާނެ އެވެ.

"ކްރިއޭޓިވް އިކޮނޮމީ ފަންޑު ފަރުމާ ކޮށްފައި ވަނީ ދިވެހި ފަންނުވެރިންނަށް ދެމެހެއްޓިނިވި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެނިވި ގޮތަކަށް. އެއާއެކު އުފެއްދުންތެރި މަޝްރޫއުތަކަށް އަމާޒުކޮށްގެން ފަންޑުގެ ތެރެއިން ލުއި ފަސޭހަ އަދި އީޖާދީ ފައިނޭންސިން ސްކީމްތަކެއް ތައާރަފް ކުރެވިގެންދާނެ،" ބީސީސީން ބުންޏެވެ.

ފަންނުވެރިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުގެ އަލީގައި މި އަހަރު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ފިލްމު ހެދުމާއި، މިއުޒިކް އުފެއްދުމާއި، އާޓް އެންޑް ކްރާފްޓް މަސައްކަތްތަކުގެ އިތުރުން އެކި ދާއިރާތަކުން ކޮންޓެންޓް ކްރިއޭޓަރުން ކުރާ މަސައްކަތްތަކާއި ހިންގަމުންދާ މަޝްރޫއުތަކަށެވެ.

އެގޮތުން, އެ ސްކީމްގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމް ހުށަހެޅުމަށް އޮކްޓޯބަރު 10، ގައި ފަންނުވެރިންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަންޑުގެ ދަށުން ކޮންމެ މީހަކަށް ވެސް 50،000ރ. އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކްރިއޭޓާ އިކޮނޮމީ ފަންޑު ތައާރަފްކުރީ ރެވެނިއު ބޭސްޑް ފަންޑިން ސްކީމެެއް ގޮތުގަ އެވެ. އެ ފައިނޭންސިން ސްކީމްގެ ދަށުން ފިކްސްޑް ލޯން އަދަދުތައް ދެއްކުމުގެ އިތުރުން ރެވެނިއު ލިބޭ ވަރަކުން ރީޕޭމަންޓްތައް ދެއްކޭ ގޮތަށެވެ.