Advertisement

ހަތް ގޯލުން މޮޅުވެ ޔުނައިޓެޑް ލީގު ކަޕްގެ ގަދަ 16 އަށް

18 ސެޕްޓެންބަރު 2024 - 09:18 0


ހަތް ގޯލުން މޮޅުވެ ޔުނައިޓެޑް ލީގު ކަޕްގެ ގަދަ 16 އަށް

18 ސެޕްޓެންބަރު 2024 - 09:18 0

ލަންޑަން (ސެޕްޓެމްބަރު 18) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުުރުގައި ބާންސްލީ އަތުން 7-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރު (ގަދަ 16) އަށް ދަތުރުކޮށްފި އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ މި މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި ގިނައިން ކުޅުމުގެ ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނެވެ.

އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ޓީމު ބާންސްލީ ކޮޅަށް ޔުނައިޓެޑްގެ ލަނޑުތައް ޖެހީ، އަލެހަންދްރޯ ގާނާޗޯ، ކްރިސްޓިއަން އެރިކްސަން އަދި މާކަސް ރަޝްފޯޑް، މީގެއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، އެންތަނީ އެވެ. އެންތަނީ، ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.

މިއީ، 2021 ވަނަ އަހަރުގެ ފެބްރުއަރީގެ ފަހުން ޔުނައިޓެޑުން އެންމެ ތަފާތު ބޮޑުކޮށް މެޗަކުން މޮޅުވި ފަަހަރެވެ. އެ ފަހަރު އެ ޓީމުން ވަނީ ސައުތެމްޓަން އަތުން 9-0 އިން މޮޅުވެފަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުނީ، މެޗު ދިޔައީ ބޭނުންވި ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރެވުނު ގޮތަށް ކަމަށެވެ. އަދި މިިއީ ވަކިވަކި ކުޅުންތެރިންނަށް ބެލި ކަމުގައި ވިޔަސް ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިގެންދިޔަ މެޗެއްގެ ގޮތުގައި ޓެން ހާގް ފާހަގަކުރި އެވެ.

ލީގު ކަޕްގައި ރޭ ސައުތެމްޓަން އިން ވަނީ ޕެނަލްޓީ ޖަހައިގެން އެވަޓަން ކަޓުވާލައިފަ އެވެ. އަދި ޕްރެސްޓަން ނޯތު އެންޑުން ވަނީ ޕެނަލްޓީ ޖަހައިގެން ފުލަމް އަތުން މޮޅުވެފަ އެވެ. ކިއުޕީއާރް ދަނޑުގައި ކްރިސްޓަލް ޕެލަސް ވަނީ 2-1 އިން މޮޅުވެފަ އެވެ.