Advertisement

ޕީޖީ ކަމަށް އައްބާސްއަށް ރުހުން ދިނުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި

17 ސެޕްޓެންބަރު 2024 - 09:11 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޕީޖީ ކަމަށް ޝަރީފަށް ރުހުން ދޭން މަޖިލީހުގެ ޖަލްސާއެއް ފެށިގެން މިހާރު ކުރިއަށް އެބަދޭ --- ފޮޓޯ: މަޖިލިސް އިދާރާ


ޕީޖީ ކަމަށް އައްބާސްއަށް ރުހުން ދިނުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި

17 ސެޕްޓެންބަރު 2024 - 09:11 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެެޓަރީގެ މަގާމުގައި އަދިވެސް ހުންނެވި އައްބާސް ޝަރީފު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ އިތުރު ޖަލްސާއެއް ފަށައިފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މި މަހު ބާއްވާ ތިންވަނަ ޖަލްސާ ފަށާފައި ވަނީ ހެދުނު 9:00 އަށެވެ. މި ޖަލްސާގެ އެޖެންޑާގައި ވަނީ އިއްޔެ ޝަރީފާއި އިންޓަވިއުކޮށް އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރި ރިޕޯޓާއި ކޮމިޓީން ބަދަލެއް ނުގެނެސް ފާސްކުރި ކުންފުނީގެ ބިލަށް ބަހުސްކޮށް ވޯޓަށް އެހުމެވެ.

ޗުއްޓީގައި އޮތް މަޖިލީހުން އަވަސް އަރުވާލައިގެން ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަދަލުކުރާތީ އިދިކޮޅުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކުންފުނީގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ހުށަހެޅި މި ބިލުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެއް މާއްދާ އަކީ ކުންފުނިތަކުގައި ޑިރެކްޓަރުން ތިބޭނެ ގޮތް ބަޔާންކުރާ، 113 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) ގައި މިހާރު އޮތް ގޮތުން ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި އެންމެ މަދުވެގެން ތިބޭނެ ޑިރެކްޓަރުންގެ އަދަދު ކަނޑައެޅޭނީ އެހެން ގާނޫނަކުން، އެ ކުންފުންޏެއް އުފައްދާ ގާނޫނުން ނުވަތަ ގަރާރަކުންނެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އޮގަސްޓު 22، ގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން އެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރި އެވެ. އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރަން އޮންނަ ގާނޫނީ މުއްދަތު ހަމަވާނީ މި މަހު 22 އަށެވެ.