Advertisement

ދެ ފަހަރު ޕެރަލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރި ފާތުން ގައިޑްރަނާއެއް ހޯދަނީ

15 ސެޕްޓެންބަރު 2024 - 17:51 0

2020 ވަނަ އަހަރުގެ ޓޯކިޔޯ ޕެރަލިމްޕިކްސްގައި ފާތުން ދުވަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


ދެ ފަހަރު ޕެރަލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރި ފާތުން ގައިޑްރަނާއެއް ހޯދަނީ

15 ސެޕްޓެންބަރު 2024 - 17:51 0

ދެ ފަހަރު ޕެރަލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކޮށްފައިވާ އެތުލީޓު، ފާތުމަތު އިބްރާހިމް (ފާތުން)، އަންހެން ގައިޑްރަނާއެއް ހޯދަން، އަމިއްލަ ފޭސްބުކްގައި އިއުލާނުކޮށްފި އެވެ.

ޖަޕާނުގެ ޓޯކިޔޯގައި 2021 ވަނަ އަހަރު ބޭއްވި، ޕެރަލިމްޕިކްސް އާއި މި ފަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވި ޕެރަލިމްޕިކްސްގައި ވާދަކުރި ފާތުން، އަންހެން ގައިޑްރަނާއެއް ހޯދަން ޕޯސްޓު ކުރީ ފޭސްބުކްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ، ކުރިއަަށް އޮތް އޭނާގެ ބައިނަލްއަގުވާމީ މުބާރާތުގައި އެކުގައި ދުވަން، އަންހެން ގައިޑްރަނާއެއް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ހޮވޭ ފަރާތަކަށް ގައުމީ އެތުލީޓުންނަށް ލިބޭ، އެލަވަންސް (5000 ރުފިޔާ) ވެސް ލިބިގެންދާނެ ކަމަށެވެ.

ފާތުން، އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި އެ މެސެޖުގައި ބުނެފައިވަނީ، ޝައުގުވެރިވާ ފަރާތްތަކުން އޭނާ އަށް ކޮންޓެކްޓް ކުރަން މެސެޖުކުރަން އެދޭ ކަމަށެވެ.

ފާތުން ވަނީ، މިދިޔަ މަހު ޕެރިހުގައި ބޭއްވި ޕެރަލިމްޕިކްސްގެ އިވެންޓްގައި ޕާސަނަލް ބެސްޓް ހަދައި ހީޓުގެ ތިން ވަނަ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކޮށް، ލޯ މެޑަލް ހޯދި އެވެ.

އައިއޯއައިޖީ އާއި މި ފަހަރުގެ ޕެރަލިމްޕިކްސްގައި ފާތުންގެ ގައިޑްރަނާއެއްގެ ގޮތުގައި ދުވީ، ފާތިމަތު ޝަމްހާ އެވެ. އަދި ޓޯކިޔޯ އޮލިމްޕިކްސްގައި ފާތުންގެ ގައިޑްރަނާ އަކީ، ރަބާ އިސްމާއިލް އާސިފް އެވެ.