Advertisement

ކާޑު ދެއްކުމުގެ ރެކޯޑެއް، ޗެލްސީ މޮޅުވީ ފަހު ވަގުތު

15 ސެޕްޓެންބަރު 2024 - 09:29 0


ކާޑު ދެއްކުމުގެ ރެކޯޑެއް، ޗެލްސީ މޮޅުވީ ފަހު ވަގުތު

15 ސެޕްޓެންބަރު 2024 - 09:29 0

ލަންޑަން (ސެޕްޓެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް މެޗެއްގައި އެންމެ ގިނަ ކާޑު ދެއްކުމުގެ ރެކޯޑް ލިބުނު މެޗުން، ޗެލްސީން ފަހު ވަގުތު ލަނޑުޖަހައި 1-0 އިން ބޯންމައުތު ބަލިކޮށްފި އެވެ.

މި މެޗުގައި، ބޯންމައުތުގެ ހަ ކުޅުންތެރިންނަށް އަދި ޗެލްސީގެ ހަތް ކުޅުންތެރިންނާއި ކޯޗު އެންޒޯ މަރެސްކާ އަށް ރީނދޫ ދެއްކިއިރު، ޖުމްލަ ކާޑުގެ އަދަދަކީ 14 އެވެ.

"މިހާ ގިނަ ކާޑު ދެއްކުމަކީ އަހަންނަށް މައްސަލައެއް ނޫން. އެއީ ބައެއް ފަހަރު މެޗުތަކުގެ ކަންކަން ދާ ގޮތުން ގިނަ ކާޑު ދައްކާނެ، މުހިންމީ މޮޅުވުން،" މެޗަށް ފަހު ޗެލްސީގެ ކޯޗު މަރެސްކާ ބުންޏެވެ.

މީގެ ކުރިން، އެއް މެޗެއްގައި އެންމެ ގިނަ ކާޑު ދެއްކުުމުގެ ރެކޯޑް އޮތީ، 2016 ވަނަ އަހަރު ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗާއި 2010 ވަނަ އަހަރު ވުލްވްސް އާއި ނިއުކާސަލް ކުޅުނު މެޗުގަ އެވެ. އެ ދެ މެޗުގައި، 12 ކާޑު ދައްކާފައިވެ އެެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބޯންމައުތަށް ލީޑުނަަގައިދޭން އެވަނިލްސަން އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންނުހިފުނެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ޗެލްސީ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ބޯންމައުތު ދަނޑުގައި ޗެލްސީ މޮޅުވި ގޯލު ޖެހީ، މެޗުގެ 86 ވަނަ މިނިޓްގައި ކްރިސްޓޮފާ އެންކުންކޫ އެވެ. އޭނާ މި ލަނޑު ޖެހީ، ޖޭޑަން ސަންޗޯ ދިން ބޯޅައަކުންނެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނުކުތީ ބަދަލަކަށެވެ. ޕްރިމިއާ ލީގުގައި އެންކުންކޫ ޖެހި ހަތަރު ގޯލު ވެސް ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.