Advertisement

ޗެލްސީގެ ވެރިންގެ މެދުގައި ކޯޅުމެއް: ރިޕޯޓް

10 ސެޕްޓެންބަރު 2024 - 11:55 0

ޗެލްސީ އިން ރަހީމް ސްޓާލިން ސޮއިކުރިއިރު، އޭނާއާ އެކު އެގްބާލީ (ކ) އާއި ބޯލީ (ވ) ފޮޓޯ އަކަށް ހުއްޓިލައިގެން.


ޗެލްސީގެ ވެރިންގެ މެދުގައި ކޯޅުމެއް: ރިޕޯޓް

10 ސެޕްޓެންބަރު 2024 - 11:55 0

ލަންޑަން (ސެޕްޓެމްބަރު 10) - ޗެލްސީ ހިންގުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަމުން އަންނަ ދެ ވެރިން ކަމަށްވާ ޓޮޑް ބޯލީ އާއި ބެހެދާދު އެގްބާލީގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، މައްސަލަ ގޯސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އަތުން، 2022 ވަނަ އަހަރު ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕުން ހެދި ޑީލަށް ބަލާއިރު، ކްލިއާލޭކް ކެޕިޓަލް އިން ޗެލްސީގެ 61.5 ޕަސެންޓް ހިއްސާ ގަތެވެ. ބާކީ 38.5 ޕަސެންޓް ހިއްސާ އަކީ ޓޮޑް ބޯލީ އާއި ހަންސްޖޯގް ވައިސް އަދި މާކް ވޯލްޓާ އަށް އެއްވަރަށް ބަހާލައިފައިވާ ހިއްސާތަކެކެވެ. އެއީ، ގާތްގަނޑަކަށް، ކޮންމެ މައިނޯރިޓީ ހިއްސާދާރަކަށް 13 ޕަސެންޓް ވަރެެވެ.

ބޯލީ އިސްވެ، އުފެއްދި ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތީ 5.2 ބިލިއަން ޑޮލަރަށެވެ. ބޯލީ އަކީ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި މި ގްރޫޕްގައި ހަރަކާތްތެރިވި ފަރާތެއް ނަމަވެސް، އެ ކްލަބުން އިސް މަގާމަށް ހަމަޖައްސަން ނިންމީ ބޯލީ އެވެ. އެއީ، ކުޅިވަރު ކްލަބްތައް ހިންގުމުގައި އޭނާގެ ތަޖުރިބާ އަށް ބަަލައިފަ އެވެ.

އެކަމަކު، މިދިޔަ އަހަރުތަކުގައި ބޯލީގެ ޕްލޭންތަކާ އެއްގޮތަށް އިންވެސްޓްތައް ކޮށްގެން ޗެލްސީ އަށް ކުރިއަށްދެވިފައިނުވާއިރު، ޗެލްސީގެ މެޖޯރިޓީ ހިއްސާދާރުން ކަމަށްވާ ކްލިއަލޭކް ކެޕިޓަލްގެ ފައުންޑަރެއް ކަމަށްވާ އެގްބާލީ އާއި ބޯލީ މެދުގައި މައްސަލަ ވަނީ ގޯސްވެފަ އެވެ.

އެ ގޮތުން، މައްސަލަ ހޫނުވެފައިވަނީ، އެގްބާލީ އިސްވެ، ކުރި މަސައްކަތުން، ޗެލްސީގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ މިދިޔަ ސީޒަނަށް ފަހު ވަކިކުރުމުންނެވެ. މިހާރު ހުރި ކޯޗު އެންޒޯ މަރެސްކާ ގެންނަން ކަންކަން ކުރީ އެގްބާލީ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އެގްބާލީ ވަނީ ބޯލީ ކޮންޓްރޯލް ކުރާ ޗެލްސީގެ ހިއްސާ އޭނާ އަށް ވިއްކާލަން ހުށަހަޅައިފަ އެވެ. އަދި މިއާ އެކު، ބޯލީ ވެސް ވަނީ އެގްބާލީގެ ކްލިއަލޭކް ކެޕިޓަލް އަތުން ޗެލްސީގެ މެޖޯރިޓީ ހިއްސާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.