Advertisement

މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

14 ސެޕްޓެންބަރު 2024 - 18:38 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މާރަންދޫ ކައުންސިލުގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ މެންބަރު އަބްދުލްހަމީދު އަބްދުލްސައްތާރު---ފޮޓޯ: ސޯޝަލް މީޑިއާ


މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

14 ސެޕްޓެންބަރު 2024 - 18:38 0

މާރަންދޫ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވަން މިއަދު ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރު އަބްދުލްހަމީދު އަބްދުލްސައްތާރު ކާމިޔާބުކުރައްވައިފި އެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރެއްވީ 35 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް 285 ވޯޓު ލިބުނު އިރު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދަށް ލިބުނީ 250 ވޯޓެވެ.

މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަނުގައި ޖުމުލަ 736 މީހުންނަށް ވޯޓުލެވޭ އިރު ވޯޓުލައިފައި ވަނީ 560 މީހުންނެވެ. އަދި އޭގެތެރެއިން 25 ވޯޓަކީ ބާތިލު ވޯތެވެ.

މި ބައި-އިލެކްޝަން ބާއްވާފައިވަނީ މާރަންދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު ޖުލައި 13، ގައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.

މިއަދުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކުރިއަށް ގެންގޮސްފައިވާއިރު އެ އިންތިހާބުގައި ވޯޓުލީ 76.09 އިންސައްތަ މީހުންނެވެ.

އެމްޑީޕީގެ ތިން ކައުންސިލަރުންނާ އެކު ދެން މާރަންދޫ ކައުންސިލުގައި ތިއްބަވާނީ ޕީއެންސީގެ ކައުންސިލަރަކާއި އަމިއްލަ ގޮތުން ހޮވިފައިވާ، ކައުންސިލުގެ ރައީސް އެވެ.