Advertisement

ހުލާސާކޮށް އިއްޔެ: މިނިސްޓަރު އާދަމް ޝަރީފުގެ ފިލާވަޅު

14 ސެޕްޓެންބަރު 2024 - 06:07 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މިނިސްޓަރު އާދަމް ޝަރީފް -- އަދަދު ފައިލް ފޮޓޯ


ހުލާސާކޮށް އިއްޔެ: މިނިސްޓަރު އާދަމް ޝަރީފުގެ ފިލާވަޅު

14 ސެޕްޓެންބަރު 2024 - 06:07 0

ގާނޫނުއަސާސީގައި ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ "ކ. މާލެ" ކަމަށް ލިޔެފައި ނެތުމުން، އެގޮތަށް ލިޔުމާއި ކިޔުން ގާނޫނު އަސާސީއާ ހިލާފުވާނެ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަށް ވެސް ހުންނެވި އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 14 ވަނަ މާއްދާގައި ބުނެފައި ވަނީ "ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ" ކަމަށެވެ.

މާލެ، ކ. އަތޮޅުގައި އޮތަސް، އެއީ ވެރިކަންކުރާ ރަށަށް ވާތީ ލިޔާއިރު ކުރިއަށް ކ. އިތުރުކޮށް ކ. މާލެ ލިޔެއް ނޫޅޭ ކަމަށާއި، ސަރުކާރުގެ ގިނަ ރަސްމީ ލިޔުންތަކުގައި އެގޮތަށް "ކ. މާލެ" ލިޔެފައި ނޯންނަ ކަމަށް، ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފު ވިދާޅުވި އެވެ.

"އެހެންވީމާ، ކ. މާލެ ލިޔުމަކީ އަދި ކިޔުމަކީ ވެސް ގާނޫނުއަސާސީއާ ހިލާފަށް ކުރާމެކެވެ. މިހާރަކަށް އައިސް ކ. މާލެ ލިޔުމާއި ކިޔުން އަންނަނީ އިތުރުވަމުންނެވެ. މިއީ ކުޑަ ކަމެއް ނޫނެވެ. ރަނގަޅު ކުރަން ޖެހޭ ކަމެކެވެ.،" މިނިސްޓަރު ވިދާޅުވި އެވެ.

ތާރީހު އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ވެރިރަށުގެ ގޮތުގައި މާލެ އޮންނަތާ 2000 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. ދިވެހި ތަރީހު ދިރާސާކޮށް ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ނަސީމާ މުހައްމަދު، ފަތްތޫރަ މަޖައްލާގައި "ތާރީހުގެ ތެރެއިން ފުރަމާލެ" ސުރުހީގައި ލިޔުއްވާފައިވާ ލިޔުމުގައި ވެސް އެ ގޮތަށް ބަޔާން ކުރައްވާފައިވެ އެވެ.

އެ ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި އެވޭލާ ޒަމާނުގެ އެކި ލިޔުންތަކުގައި މާލެ އަށް އެކި ނަންނަން ދީފައިވާކަން އެނގެން އޮތް ކަމަށާއި "ނަމަވެސް ޒަމާނުއްސުރެ ދިވެހިން، ދިވެހިރާއްޖޭގެ ވެރިރަށަށް ކިޔައި އުޅުނީ "ފުރަމާލެ" ކަމަށެވެ.

އެވޭލާ ޒަމާނުގައި މާލެއަށް ކިޔައި އުޅުނު ނަންތައް

ކުރިން ފާހަގަ ކުރި ނަސީމާގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި އެވޭލާ ލިޔުތަކުގައި މާލެ އަށް އެކި ޒަމާންތަކުގައި އެކިއެކި ނަންތައް ދީފައިވެ އެވެ. އެނަންތަކުގެ ތެރޭގައި އަމްބްރިއާ، މަހަލް، އަތަމަނަހުރާ، މާލްދީވާ ހިމެނެ އެވެ. އަދި ބައެއް ލިޔުންތަކުގައި މާލެ އަށް "ސްލްތާންސް އައިލެންޑް" ނުވަތަ "ރަސްގެފާނުގެ ޖަޒީރާ" ނަން ވެސް ދީފައިވާ ކަމަށް ނަސީމާ ވިދާޅުވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު