Advertisement

ހުލާސާކޮށް އިއްޔެ: މުއާޒުގެ ހިތްހަމަ ނުޖެހުމާއި އިސްތިއުފާ

about 16 hours 0

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުއާޒު. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: މުއާޒުގެ ހިތްހަމަ ނުޖެހުމާއި އިސްތިއުފާ

about 16 hours 0

ރާއްޖޭގެ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ޔޫޓިލިޓީ ކުންފުނި, ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒް މުހައްމަދު ރަޝީދު އިއްޔެ އިސްތިއުފާ ދިނެވެ.

މި ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުއާޒު އެ މަގާމުން އިސްތިއުފާ ދިން ސިޓީ ވަނީ އެކްސްގައި ހިއްސާކުރައްވާފަ އެވެ. އެ މަގާމަށް އޭނާ އައްޔަނުކުރީ ނޮވެމްބަރު 29, 2023 ގަ އެވެ.

"ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން ދެމެހެއްޓެެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ, އަޅުގަނޑު ހުރެގެން ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެ," މުއާޒުގެ ސިޓީގައި ބުނެފައިވެ އެވެ.

ކުންފުންޏާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އަދި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވަޒީފާ ދީފައި އޮތުމުން ހަރަދުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް މުއާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު