Advertisement

ރިވައިވަލް އެކެޑަމީގެ ކުޅުންތެރިން މެލޭޝިއާ މުބާރާތެއްގައި ވާދަކުރަނީ

13 ސެޕްޓެންބަރު 2024 - 09:24 0


ރިވައިވަލް އެކެޑަމީގެ ކުޅުންތެރިން މެލޭޝިއާ މުބާރާތެއްގައި ވާދަކުރަނީ

13 ސެޕްޓެންބަރު 2024 - 09:24 0

ރިވައިވަލް ސްޕޯޓްސް ކްލަބްގެ އެކެޑަމީގެ ކުޅުންތެރިން މެލޭޝިއާގައި މާދަމާ ފަށާ ރަވާންގް އޯޕަން ބެޑްމިންޓަން މުބާރާތުގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް އެކެޑަމީގެ ހަ ކުޅުންތެރިއަކު، ތިން ކެޓަގަރީގައި ވާދަކުރާނެ އެވެ.

އެ ގޮތުން، ވާދަކުރަން ހަމަޖެހިފައިވާ ކެޓަގަރީތަކަކީ، 10 އަހަރުން ދަށުގެ އަންހެން/ފިރިހެން ސިންގަލްސް، 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް އަދި 15 އަަހަރުން ދަށުގެ އަންހެން ސިންގަލްސް އެވެ.

ރިވައިވަލް ސްޕޯޓްސް އެކެޑަމީގައި ހިމެނިގެން، އަލަށް އިންޓަނޭޝަނަލް މުބާރާތެއްގައި މި ފަަހަރު މި ވާދަކުރާ ކުޅުންތެރިންނަކީ، އައިޝަތު ސިއޭނާ މުހައްމަދު ސައީދު، އިބްރާހިމް ނާއިމް ނަޒީމް، އައިޝަތު އަލާުޔާ ނަދީމް، އައިޝަތު ޔޫމީ އަލީ އަހުމަދު، އައިޝަތު ނިޔާމް ސާއިދު އަދި އައިޝަތު ލައިނާ ރިފާއު އެވެ.

ޓީމުގެ ކޯޗެއްގެ ގޮތުގައި ދަނީ، ރިވައިވަލްގެ ހައި ޕާމޯންސް ޓީމުގެ ކުޅުންތެރިޔާ، އަދި ކުރީގެ ގައުމީ ޗެމްޕިއަން، އަހުމަދު ތޯއިފް އެވެ. ޓީމުގެ މެނޭޖަރަކީ، އަހުމަދު ޝާނިފް އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން އަންނަނީ މާލޭގެ އިތުރުން ބ. އޭދަފުށީގައި ވެސް ބެޑްމިންޓަން އެކެޑަމީއެއްގެ މަސައްކަތް ކުރަމުންނެެވެ. މީގެ ކުރިން، ބ. އޭދަފުށީގެ ކުޅުންތެރިން ވަނީ، މެލޭޝިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެކަމުގައި، ވެސް ރިވައިވަލް އިން އެހީތެރިކަން ފޯރުކޮށްދިނެވެ.