އައްޑޫގައި ކުރިއަށްދިޔަ ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގައި ރިވައިވަލްގެ އޭދަފުށި ކުޅުންތެރިން ބޮޑު ކާމިޔާބީ އެއް ހޯދައިފި އެވެ.
ސ. ހިތަދޫގައި އައްޑޫ ޓްރައިޑީ ސްޕޯޓްސް އެކަޑަމީން ބޭއްވި, މި މުބާރާތުގައި މާލޭގެ އެކަޑަމީތަކުގެ އިތުރުން, އޭދަފުށި ރިވައިވަލް, އަދި ނައިފަރު އެކަޑަމީގެ ކުޅުންތެރިން ބައިވެރިވި އެވެ.
މި މުބާރާތުގައި ރިވައިވަލް ކުޅުންތެރިން ވަނީ ހަތަރު ކެޓަގަރީ އަކުން ހަ ރަން މެޑަލް ހޯދައިފަ އެވެ. އަދި އަށް ކެޓަގަރީ އަކުން ރިހި މެޑަލް ހޯދައިފަ އެވެ.
ރަން މެޑަލް ހޯދި ކުޓަގަރީތައް:
- 13 އަހަރުންދަށް (ފިރިހެން ސިންގަލްސް) ރިޝާމް
- 18 އަހަރުންދަށް (އަންހެން ސިންގަލްސް) އީނާސް
- 13 އަހަރުންދަށް (ފިރިހެން ޑަބަލްސް) ރިޝާމް/އައޫފް ގެ ޕެއާ
- 13 އަހަރުންދަށް (އަންހެން ޑަބަލްސް) އަޒްކާ/ނައުރީން ގެ ޕެއާ
ރިހި މެޑަލް ހޯދި ކުޅުންތެރިން:
- 13 އަހަރުންދަށް (އަންހެން ސިންގަލްސް) ލާރާ
- 13 އަހަރުންދަށް (ފިރިހެން ޑަބަލްސް) އީލާފް / އިތާން
- 15 އަހަރުންދަށް (ފިރިހެން ޑަބަލްސް) ހައްޔާން / ނައުހާން
- 15 އަހަރުންދަށް (މިކްސް ޑަބަލްސް) އިލާން / ނައުރީން
- 18 އަހަރުންދަށް (ފިރިހެން ޑަބަލްސް) އަލޫފް / އަހުނަފް
- 18 އަހަރުންދަށް (އަންހެން ޑަބަލްސް) މިޝްކާ / އީނާސް
- 18 އަހަރުންދަށް (މިކްސް ޑަބަލްސް) އަލޫފް / އީނާސް
Comment