Advertisement

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް: އެކްޒިބިޓް ކުރުމާއި ޕްރެސެންޓު ކުރުމުގެ ފުރުސަތު

12 ސެޕްޓެންބަރު 2024 - 17:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގެސްޓްހައުސް ސިމްޕޯޒިއަމްއާ ބެހޭގޮތުން އެމްއައިބީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް: އެކްޒިބިޓް ކުރުމާއި ޕްރެސެންޓު ކުރުމުގެ ފުރުސަތު

12 ސެޕްޓެންބަރު 2024 - 17:23 0

އަންނަ އޮކްޓޯބަރު 10، ގައި ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގެސްޓްހައުސް ސިމްޕޯސިއަމްގައި ގެސްޓްހައުސްތަކާއި ގުޅޭ ކުދި ވިޔަފާރިކުރާ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއައިބީން ބުނީ އެ ފުރުސަތުގެ ދަށުން އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގައި ސޮފްޓްވެއާ އުފައްދާ ޒުވާނުންނާއި، އެކި ކަހަލަ ސުވެނިއާ ހަދާ ޒުވާނުންގެ އިތުރުން އެ ދާއިރާއާ ގުޅުން ހުރި އެކި އިޖާދީ އުފެއްދުން އުފައްދާ ޒުވާނުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

"މިފަދަ ޒުވާނުންނަށް ވީވަރަކުން ފުރުސަތު ދޭނެ. މި ފުރުސަތުގެ ދަށުން އެކިކަހަލަ ތަކެތި ޝޯކޭސްކުރަން ބޭނުންވާ ޒަުވާނުނަށް އެތަކެތި ހުށަހެޅުމުގެ ފުރުސަތު ލިބޭނެ،" އެމްއައިބީން ބުންޏެވެެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާ މި ފުރުސަތަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ގެސްޓްހައުސް ސިމްޕޯސިއަމްގައި އެގްޒިބިޓަރެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ އެބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ލިންކެއް މެދުވެރިކޮށް ވެސް ރަޖިސްޓްރީ ވެވޭނެ އެވެ.

އޭގެ އިތުރުން ވިޔަފާރިއާއި ވަިޔަފާރި ހިޔާލު އަދި އީޖާދުތަށް ޕްރެޒެންޓު ކުރުމުގެ ފުރުސަތު "ކްރިއޭޓާސް" އަށް ދިނުމަށް ވެސް އެ ބޭންކުންވަނީ ނިންމާފަ އެވެ.

"ގެސްޓްހައުސްތަކުގެ ވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނަށް މިފަދަ ވިޔަފާރިއާއި އީޖާދުތަށް ޕްރެޒެންޓުކޮއްލަން ލިބުމަކީ ވަރަށް މަދުން ނޫނީ ނުލިބޭނެ ރަނުގެ ފުރުސަތެއް،" އެމްއައިބީން ބުންޏެވެ.

މި ހުޅުވޭ ދޮރާއިއެކު ގެސްޓްހައުސްގެ ދާއިރާގައި ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރަށް ފެނިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނީ ގެސްޓްހައުސް ސިމްޕޯޒިއަމް ވެގެންދާނީ ރާއްޖޭގައި ގެސްޓްހައުސްތަކަށް ބާއްވާ އެފަދަ އެންމެ ބޮޑު ހަރަކާތަށް ކަމަށެވެ.