Advertisement

އުތުރުގެ އިތުރު ފަސް ރަށެއްގައި ގްރީންހައުސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

11 ސެޕްޓެންބަރު 2024 - 14:27 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ގުރީންހައުސް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން. މި މަސައްކަތް ހަވާލުކުރީ ވިސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް--- ފޮޓޯ: މިނިސްޓަރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ


އުތުރުގެ އިތުރު ފަސް ރަށެއްގައި ގްރީންހައުސް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

11 ސެޕްޓެންބަރު 2024 - 14:27 0

އުތުރުގެ އިތުރު ފަސް ރަށެއްގައި ގްރީންހައުސް އެޅުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އަދި ވިސީ ގުރޫޕު ޕްރައިވެޓް ލިމިޓެޑް އިން ސޮއިކޮށްފި އެވެ.

މިއަދު މެންދުރު އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް އެކްޒެކެޓިވް ފާތިމަތު ޝާއިއާ އެވެ. އަދި ވިސީ ގުރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ގްރީންހައުސް ގާއިމުކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުމުންދޫ، ހދ. ހަނިމާދޫ، ށ. ފޭދޫ، ށ. ބިލެތްފަހި އަދި ށ. ކަނޑިތީމުގަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ ވިދާޅުވީ އައިލެންޑް ފާމާ ފޯރަމް ގުރޫޕުތަކެއް އަޅައިގެން މިހާރު ވެސް އުތުރުގެ 26 ރަށެއްގައި މަސައްކަތްކުރާ ކަމަށެވެ. އަދި އެތަންތަނުގައި މަސައްކަތް ކުރާ ދަނޑުވެރިން މަސައްކަތްކުރަނީ ވެސް އެކަމުގެ ތަމްރީނު ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތިން އަތޮޅުގެ 26 ރަށެއްގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާމާ ފޯރަމް ގުރޫޕުތަކެއް ގާއިމުކޮށް ދަނޑުވެރިންނަށް ތަމްރީނާއި މައުލޫމާތު އަދި މާލީ އެހީތެރިކަން ވެސް މިދަނީ ފޯރުކޮށްދެމުން،" މިނިސްޓަރު ރަމީލާ ވިދާޅުވި އެވެ.

މިނިސްޓަރު ރަމީލާގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މިހާރު ވެސް 12 ރަށެއްގައި ގްރީންހައުސް އަޅާފައިވާ ކަމަށާއި އެކަމަށް 224 މީހުން ތަމްރީނު ކުރެވިފައިވާ ކަމަށެވެ. އަދި ގްރީންހައުސްތަކުގައި އާންމުކޮށް ހައްދަމުން އަންނަނީީ ކިއުކަންބާގެ އިތުރުން މިލަން ކަމަށް އޭނާ ވިދާޅުވި އެވެ. ޓޮމާޓޯ، ކެޕްސިކަމް އަދި ތޮޅިމިރުސް ހެއްދުމަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސއ މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތަކީ ސަރުކާރާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އިން ގުޅިގެން މޯލްޑިވްސް އެގްޒިބިޝަން ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އެ ޕްރޮގުރާމުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބާރުއަޅުވާ ޝައުގުވެރިކަން އުފެއްދުމެވެ.