Advertisement

ހުލާސާކޮށް އިއްޔެ: ޒަހަމްތަކާއެކު މަރުވެފައި އޮތް އަންހެނަކު ހޮޅުދޫއިން ފެނުން

11 ސެޕްޓެންބަރު 2024 - 06:20 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޒަކިއްޔާ މޫސާ


ހުލާސާކޮށް އިއްޔެ: ޒަހަމްތަކާއެކު މަރުވެފައި އޮތް އަންހެނަކު ހޮޅުދޫއިން ފެނުން

11 ސެޕްޓެންބަރު 2024 - 06:20 0

ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު އިއްޔެ ފެނުނެވެ.

އެއީ އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ، 50، އެވެ.

ފުލުހުން ބުނީ ހޮޅުދޫގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތް ކަމަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ރިޕޯޓު ލިބިގެން އެޓެންޑުވެ، އެ ރަށު ހެލްތު ސެންޓަރަށް ހަށިގަނޑު ގެންދިޔަ ކަމަށެވެ. ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ޒަކިއްޔާ އޮތީ މަރުވެފަ އެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ނުބުނެ އެވެ.

މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދުއަށް ގޮސްފައި ވާއިރު، ޒަކިއްޔާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.

މުހިއްމު ބައެއް ހަބަރު