Advertisement

އަޕްޑޭޓް ކުރަން ކަމަށް ބުނެ ޑައުންކޮށްލި އައިލްސް ވެބްސައިޓަށް އަދިވެސް ނުވަދެވޭ

10 ސެޕްޓެންބަރު 2024 - 13:15 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އައިލްސް ވެބްސައިޓަށް ވަނުމުން ފެންނަން އޮތް ގޮތުގެ ސްކްރީން ޝޮޓެއް: މި ވެބްސައިޓުގައި ހުންނަނީ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު -- ސްކްރީންޝޮޓް: އައިލްސް.އެމްވީ


އަޕްޑޭޓް ކުރަން ކަމަށް ބުނެ ޑައުންކޮށްލި އައިލްސް ވެބްސައިޓަށް އަދިވެސް ނުވަދެވޭ

10 ސެޕްޓެންބަރު 2024 - 13:15 0

އަޕްޑޭޓް ކުރަން ކަމަށް ބުނެ ސަރުކާރުގެ މަޝްރޫއުތަކުގެ އަދާހަމަ ގެނެސްދޭ އައިލްސް ވެބްސައިޓަށް ހަ މަސް ވާންދާއިރު ވެސް އެ ވެބްސައިޓު ބޭނުންނުކުރާތީ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މި ވެބްސައިޓު ޑައުންކޮށްލާފައިވަނީ މާޗް 18، 2024 ގަ އެވެ. އައިލްސް ވެބްސައިޓުގައި މިހާރު ވެސް ޖަހާފައި އޮތީ "2025 ވަނަ އަހަރުގެ ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުމަށް މި ވެބްސައިޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ" ކަމަށެވެ.

ބަޖެޓުގެ މަސައްކަތެއް ކުރި ނަމަވެސް މަޝްރޫއުތަކުގެ އަދާ ހަމަ ގެނެސްދިނުން ހުއްޓާލަންޖެހޭ ސަބަބެއް އެ ވެބްސައިޓުގައި ޖަހާފައިވާ އިއުލާނަކުން ނޭނގެ އެވެ.

އައިލްސް ވެބްސައިޓަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ވެބްސައިޓެކެވެ. އެ ވެބްސައިޓުން ކޮންމެ އަތޮޅެއް އަދި ރަށެއްގައި ހިންގާ ހުރިހާ ޕްރޮޖެކްޓުތަކެއް ބަލައިލެވެ އެވެ. އެ ޕްރޮޖެކްޓުތައް އޮތް ހިސާބު ވެސް އެ ވެބްސައިޓުން ފެނެ އެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ ބެލޭނެ ގޮތަށް ވެބްސައިޓު ތައްޔާރު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުން ހިންގި "ރަށްވެހި ތަރައްގީ" ޕްރޮޖެކްޓުގެ ދަށުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެ ވެބްސައިޓު ހިންގި އެވެ.

މި ސަރުކާރު ހިންގަން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް އައިލްސް ވެބްސައިޓު ޑައުންކޮށްލާފައިވަނީ ރަށްރަށުގައި ކުރިއަށް ގެންދިޔަ 1720 ޕްރޮޖެކްޓެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނަމުންދަނިކޮށެވެ.