Advertisement

ރަސްމީ ދަތުރެއްގައި މިނިސްޓަރު އިހުސާން ޗައިނާއަށް ވަޑައިގެންފި

10 ސެޕްޓެންބަރު 2024 - 11:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމްލޭންޑް މިނިސްޓަރު އިހުސާން ޗައިނާގެ ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވަންގް ޝައޮޒާން އާއެކު: ރަސްމީ ދަތުރަށްފަހު އިހުސާން މާލެ ވަޑައިގަންނަވާނީ މާދަމާ --- ފޮޓޯ: ޗައިނާ މީޑިއާ


ރަސްމީ ދަތުރެއްގައި މިނިސްޓަރު އިހުސާން ޗައިނާއަށް ވަޑައިގެންފި

10 ސެޕްޓެންބަރު 2024 - 11:12 0

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން، ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ.

އިހުސާން މިއަދު "އަދަދު" އަށް ވިދާޅުވި ގޮތުގައި އޭނާ ޗައިނާއަށް ވަޑައިގެންނެވީ އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުގެ ދައުވަތަކަށް އޭނާއަށް ބައްދަލުކުރެއްވުމުގެ އިތުރުން، ޗައިނާއިން ބާއްވާ ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަނުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އޭނާ ޗައިނާއަށް ފުރާވަޑައިގެންނެވީ ހުކުރު ދުވަހު އެވެ. އެނބުރި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

އެ ދަތުރުގައި ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވަންގް ޝައޮޒާން އާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ފުލުހުންގެ ކެޕޭސިޓީ ބިލްޑު ކުރުމަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރެވުނު ކަމަށް އިހުސާން ވިދާޅުވި އެވެ.

އެގޮތުން ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމާމެދު އަދި، ހާއްސަކޮށް ޗައިނާއިން ކުރިއަށް ގެންދާ "ގްލޯބަލް ސެކިއުރިޓީ އިނިޝިއޭޓިވް" ތަންފީޒުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ޗައިނާގައި ހުންނަވާ ފޯނުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދަނީ ގްލޯބަލް ސެކިއުރިޓީ އިނިޝިއޭޓިވްގެ ތިންވަނަ ފޯރަމެވެ. މި ފޯރަމުގައި 122 ގައުމެއްގެ އެކި ސަލާމަތީ އިދާރާތަކާއި ވުޒާރާތަކުން 2،100 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެ އެވެ.

އިހުސާން ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުގެ އެއްވެސް ތަފުސީލެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އަދި ހޯމް މިނިސްޓްރީގެ ރަސްމީ ވަސީލަތްތަކުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.