Advertisement

މާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 57 މީހަކަށް އެހީތެރިކަންދީފި

10 ސެޕްޓެންބަރު 2024 - 10:33 0

ހ.ދޫހިމެރި ގޭގައި އިއްޔެ އަލިފާން ރޯވެފައި. އެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހުނު. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 57 މީހަކަށް އެހީތެރިކަންދީފި

10 ސެޕްޓެންބަރު 2024 - 10:33 0

ހ. ދޫހިމެރިގޭ ގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 37 ދިވެހިން ހިމެނޭ ގޮތުން ޖުމްލަ 57 މީހަކު ހާލުގައި ޖެހުނު ކަމަށާއި އެމީހުންނަށް އިންސާނީ އެހީތެރިކަން ދީފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެފަދަ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެމްޑީއެމްއޭ އިން އެހީތެރިކަން ދެނީ ދެގޮތަކަށެވެ. އެއީ ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދިނުން ނުވަތަ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމެވެ.

އެ އޮތޯރިޓީގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އިއްޔެގެ ހާދިސާގައި ހާލުގައި ޖެހުނު އެންމެނަށް ވެސް ދިނީ މާލީ އެެހީތެރިކަމެވެ.

ދޫހިމެރިގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ފަހަރު އަލިފާން ނިއްވައިލި ފަހުން އަނެއްކާ ވެސް ރޯވި އެވެ. އެ ހާދިސާގައި އަލިފާން ރޯވީ ދޫހިމެރިގޭގައި، ގާމަގު ކެފޭ ގެ ނަމުގައި ހިންގަމުން އައި ކެފޭ އެއްގަ އެވެ.

ގާމަގު ކެފޭގައި ރޯވިއިރު އެތަނުގެ މަތީގައި ބިދޭސީ މަސައްކަތްތެރިންތަކެއް ދިރިއުޅޭ ކަމަށްވެ އެވެ. އެތަނުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލީ އަލިފާނުގެ ރިޕޯޓު ލިބުނުތާ ގަޑިއިރެއްހާއިރު ފަހުން އިއްޔެ މެންދުރު ފަހު 3:30 ހާއިރު ކަމަށް ސިފައިން އިއްޔެ ބުންޏެވެ.

މެންދުރު ރޯވި އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކާއި ބިދޭސީ އަންހެނަކު އޭޑީކޭއަށް ގެންގޮސް ފަރުވާދިނެވެ. އެ ދެމީހުންވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.