Advertisement

އާ ޕީޖީއަކު އައްޔަންކުރަން ބާއްވާ ދައުރުން ބޭރު ޖަލްސާ ބުދަ ދުވަހުގެ ރޭ

9 ސެޕްޓެންބަރު 2024 - 11:49 0

އަހުމަދު އާއިދު

އަހުމަދު އާއިދު

20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އާ ޕީޖީއަކު އައްޔަންކުރުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ ބާއްވަން ވަނީ ނިންމާފަ --- ފޮޓޯ: މަޖިލިސް އިދާރާ


އާ ޕީޖީއަކު އައްޔަންކުރަން ބާއްވާ ދައުރުން ބޭރު ޖަލްސާ ބުދަ ދުވަހުގެ ރޭ

9 ސެޕްޓެންބަރު 2024 - 11:49 0

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ބުދަ ދުވަހުގެ ރޭ ބާއްވަން ސޮއިހަމަކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވީ 1/3 މެންބަރުންގެ ސޮއި ހަމަކޮށްގެނެވެ. 20 ވަނަ މަޖިލީހުގައި އެ އަދަދަކީ 31 މެންބަރުންނެވެ. މަޖިލީހުގައި ސަރުކާރުގެ 80 އެއްހާ މެންބަރުން ތިބިއިރު އެ އަދަދަށް މިހާރު ސޮއި ހަމަކޮށްފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

މިކަމާ ގުޅިގެން ވެރިކަން ކުރާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ބަހެއް އަދި ނުލިބެ އެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އޮގަސްޓު 22، ގައި ބޭއްވި ޖަލްސާގެ ކުރިއަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން އެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރި އެވެ.

ޕީޖީގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮވެ އެވެ. ޝަމީމު ވަކިކުރީ 20 ވަނަ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގަ އެވެ.

އާ ޕީޖީއަކު އައްޔަން ކުރުމަށްޓަކައި ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށް، އެރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވި އެވެ. ޕީޖީގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް މަޖިލީހަށް ފޮނުވާފައެއް ނުވެ އެވެ.