Advertisement

އިޒްރޭލާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ އިއްތިހާދެއް އުފައްދަންޖެހޭ: އުރުދުގާން

8 ސެޕްޓެންބަރު 2024 - 06:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުރުކީގެ ރައީސް އުރުދުގާން: އިޒްރޭލާ ދެކޮޅަށް އިސްލާމީ ގައުމުތަކުން އިއްތިހާދެއް އުފައްދަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އޭއެފްޕީ


އިޒްރޭލާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ އިއްތިހާދެއް އުފައްދަންޖެހޭ: އުރުދުގާން

8 ސެޕްޓެންބަރު 2024 - 06:36 0

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ފުޅާކުރާ މި ދަނޑިވަޅުގައި އިޒްރޭލާ ދެކޮޅަށް އިސްލާމީ ގައުމުތަކުން އިއްތިހާދެއް އުފައްދަން ޖެހޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ގޮވާލައްވައިފި އެވެ.

އިސްތަމްބޫލްގައި އޮތް އިސްލާމިކް ސްކޫލްސް އެސޯސިއޭޝަންގެ އިވެންޓެއްގައި އުރުދުގާން ވިދާޅުވީ އިޒްރޭލުގެ ސަބަބުން އިސްލާމީ ގައުމުތަކަށް ނުރައްކާ ބޮޑުވަމުން އަންނަ ކަމަށާއި އިޒްރޭލްގެ ނުރައްކާ ސީރިއާ އަދި ލުބުނާނަށް ވެސް ފޯރާފައިވާ ކަމަށެވެ.

"އިޒްރޭލުގެ ހަރުކަށި އަމަލުތައް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އިސްލާމީ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތް ކުރުން،" އުރުދުގާން ވިދާޅުވި އެވެ.

ސީރިއާ އަދި މިސްރާއެކު އޮތް ގުޅުން ބަދަހި ކުރުމަށް ތުރުކީން ދާދި ފަހުން އެޅި ފިޔަވަޅުތަކަކީ ވެސް އިޒްރޭލުގެ ނުރައްކާ ބޮޑުވަމުން އަންނާތީ ކުރި ކަމެއް ކަމަށް އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާން ދެއްކެވި މި ވާހަކަ އަށް އިޒްރޭލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ތުރުކީން އަންނަނީ އިސްލާމީ ގައުމުތަކާއެކު އޮތް ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެކި ބައްދަލުވުންތައް ވެސް ބާއްވަމުންނެވެ.

އެގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީއަށް އުރުދުގާން ދެއްވި ދައުވަތު ގަބޫލު ކުރައްވައި، ގުޅުން ގޯސްވެފައިވާ މި ދެ ގައުމުގެ ރައީސުންގެ ބައްދަލުވުމެއް 12 އަހަރަށް ފަހު ވަނީ އަންކާރާގައި ބާއްވާފަ އެވެ.