Advertisement

އުރީދޫ މަސްރޭސް: ނައިފަރުގެ ޗެމްޕިއަންކަން ހޯދީ "ހުސްބުޅި"

7 ސެޕްޓެންބަރު 2024 - 14:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ މަސް ރޭސް 2024 ގައި ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" ހޯދުން -- ފޮޓޯ: އުރީދޫ


އުރީދޫ މަސްރޭސް: ނައިފަރުގެ ޗެމްޕިއަންކަން ހޯދީ "ހުސްބުޅި"

7 ސެޕްޓެންބަރު 2024 - 14:35 0

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ މަސްރޭސް 2024 ގައި ޅ. ނައިފަރުގެ ޗެމްޕިއަންކަން "ޓީމު ހުސްބުޅި" ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހުސްބުޅި ހޯދީ 921.4 ޕޮއިންޓާއެކުގަ އެވެ. ދެވަނަ ލިބުނު "ޗިލް ބްރޯޒް" 698.45 ޕޮއިންޓު ހޯދިއިރު، ތިންވަނަ "ޓީމު ކޮރަކަލި" ހޯދީ 438.3 ޕޮއިންޓެވެ.

މުބާރާތުގައި 9.4 ކިލޯގެ މުޑަ ހަންޖެއް ބާނައިގެން އެންމެ ބަރު މަސް ބޭނުމުގެ ލަގަބް ހޯދީ "ޓީމު އަލިފަސް" ގެ މުހައްމަދު ނަޝީދެވެ.

އޭގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު 24 މަސް ބާނައިގެން ޗިލް ބްރޯޒްގެ އަލީ އަބްދުﷲ ހޯދިއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު 15 މަސް ބާނައިގެން ހޯދީ ކޮރަކަލީގެ ޖަވާދާ އަހުމަދެވެ.

އުރީދޫ މަސް ރޭސް 2024 ނައިފަރު އެޑިޝަންގެ ތެރެއިން -- ފޮޓޯ: އުރީދޫ


ކ. ހިންމަފުށީ މަސްރޭހަށް ރެޖިސްޓާ ކުރި 18 ޓީމާއެކު ހިންމަފުށީގައި އެ މުބާރާތް ފެށީ ސެޕްޓެމްބަރު 6، ގަ އެވެ.

ޓީމުތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓީމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު މަސްރޭސް ކުލަގަދަކޮށް ބާއްވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގަ އެވެ.