Advertisement

ޕޮލިސް ކޮމިޝަނަރު ޝުޖާއު ގެ ބައްޕަ ނިޔާވެއްޖެ

6 ސެޕްޓެންބަރު 2024 - 15:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕޮލިސް ކަމިޝަނަރު އަލީ ޝުޖާއުގެ ބައްޕަ، އަބްދުއް ސަލާމް އަލީ -- ފޮޓޯ: ރައީސް އޮފީސް


ޕޮލިސް ކޮމިޝަނަރު ޝުޖާއު ގެ ބައްޕަ ނިޔާވެއްޖެ

6 ސެޕްޓެންބަރު 2024 - 15:44 0

ކޮމިޝަނާ އޮފް ޕޮލިސް، އަލީ ސުޖާއުގެ ބައްޕަ، އަބްދުއްސަލާމް އަލީ ނިޔާވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޖާއުގެ ބައްޕަ އަވަހާރި ވާހަކަ އެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

މަރުހޫމް އަބްދުއްސަލާމް އަލީއަކީ ހއ. ހޯރަފުސީގައި އިިމާމުވެ ނަމާދު ކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަ ކުރައްވައި، ރައްޔިތުންގެ އިހުތިރާމު ހޯއްދަވާފައިވާ ދީންވެރި ހުލްގު ހެޔޮ ބޭފުޅެކެވެ، މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ،" ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އަލީ ސުޖާއުގެ ބައްޕަ ނިޔާވީ މިއަދު އެވެ. އޭނާ ނިޔާވުމުން ރައީސްގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ތައުޒިޔާ ކިޔައިފަ އެވެ.