Advertisement

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްްޖެ

6 ސެޕްޓެންބަރު 2024 - 07:15 3

އެކްސިޑެންޓުވި ކާރު ކައިރީގައި މިއަދު ހެނދުނު ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އަދަދު


ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްްޖެ

6 ސެޕްޓެންބަރު 2024 - 07:15 3

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި މަރުވީ ސައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ޒުވާނެކެވެ. އޭނާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރާ ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު އެވެ. އެކަން ކަރެޝަނަލް ސާވިސްއިން ކަށަވަރުކޮށް ދިނެވެ.

ސަމާހު ކަރެކްޝަނަލް ސާވިސްގައި ހިދުމަތްކުރާތާ ގާތްގަނޑަކަށް ތިން އަހަރު ވެއްޖެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އޭނާ މަރުވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި މަރުވި މީހާ ދުއްވަން އިން ސައިކަލް


ރޭ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާ އެއީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.

އެ އެކްސިޑެންޓް ހިނގިކަން ފުލުހުންނަށް ރިޕޯޓްކުރީ ފުލުހުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ 2:48 އެހާކަށް ހާއިރު އެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.