Advertisement

21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް: މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ ނޮމިނީސް ތެރޭގައި ނެތް

5 ސެޕްޓެންބަރު 2024 - 01:35 0


21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް: މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ ނޮމިނީސް ތެރޭގައި ނެތް

5 ސެޕްޓެންބަރު 2024 - 01:35 0

ޕެރިސް (ސެޕްޓެމްބަރު 5) - ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ނޮމިނީސް އިއުލާނުކުރިއިރު، 21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތު ގެއްލިއްޖެ އެވެ.

ބެލޮންޑިއޯ އަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ނަން އިއުލާނުކުރިއިރު، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ އާއި އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ނެތެވެ. މިއީ، މި ދެ ކުޅުންތެރިން ނެތި، ބެލޮންޑިއޯގެ ގަދަ 30، ނޮމިނޭޝަން، 2023 ގެ ފަހުން އިއުލާނުކުރި ފުރަތަަމަ ފަަހަރެވެ.

މިދިޔަ އަހަރު ހިމެނޭ ގޮތަށް މެސީ ވަނީ އަށް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފަ އެވެ. އަދި ރޮނާލްޑޯ ވަނީ ފަސް ފަަހަރު ބެލޮންޑިއޯ ހޯދައިފަ އެވެ. ފީފާ އާއި ބެލޮންޑިއޯ އެވޯޑް އެއްކޮށްލައިގެންދިންއިރު އަދި ވަކިން ދިންއިރު ވެސް މި ދެ ކުޅުންތެރިން މި އެވޯޑް ހޯދައިފައިވެ އެވެ. އެ ގޮތުން، 2010 އިން 2015 އަށް ބެލޮންޑިއޯ އެވޯޑް ދިނީ ފީފާ އެވޯޑްސްއާ އެއްކޮށްލައިގެން އެއް އެވޯޑެއްގެ ގޮތުގަ އެވެ.


ގަދަ 30 ކުޅުންތެރިންގެ ތެރޭގައި ދެން ނުހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑްސްގެ ގަދަ 30:

ޖޫޑް ބެލިންހަމް (އިންގްލެންޑް/ރެއާލް މެޑްރިޑް)

ރުބެން ޑިއާޒް (ޕޯޗުގަލް/މެންޗެސްޓާ ސިޓީ)

ފިލް ފޯޑެން (އިންގްލެންޑް/ މެންޗެސްޓާ ސިޓީ)

ފެޑެރީކޯ ވަލްވޭޑޭ (އުރުގުއޭ/ރެއާލް މެޑްރިޑް)

އެމިިލިއާނޯ މާޓިނޭޒް (އާޖެންޓީނާ/ އެސްޓަން ވިލާ)

އާލިން ހާލަންޑް (ނޯވޭ/މެންޗެސްޓާ ސިޓީ)

ނިކޯ ވިލިއަމްސް (ސްޕެއިން/އެތުލެޓިކް ބިލްބާއޯ)

ގްރޭނިޓް ޝަކާ (ސްވިޒަލެންޑް/ ބަޔާ ލެވަކޫސަން)

އާޓެން ޑޮވްބީކް (ޔޫކްރެއިން/ ރޯމާ-ޖިރޯނާ)

ޓޯނީ ކްރޫސް (ޖަރުމަނު/ ރެއާލް މެޑްރިޑް)

ވިނީޝިއުސް ޖޫނިއާ (ބްރެޒިލް/ ރެއާލް މެޑްރިޑް)

ޑަނީ އޮލްމޯ (ސްޕެއިން/ ލައިޕްޒިގު-ބާސެލޯނާ)

ފްލޯރިއަން ވާޓްޒް (ޖަރުމަނު/ ބަޔާ ލެވަކޫސަން)

މާޓިން އޮޑެގާޑް (ނޯވޭ/ އާސެނަލް)

މެޓް ހަމެލްސް (ޖަރުމަނު/ ބޮރޫޝިއާ ޑޯޓްމަންޑް)

ރޮޑްރީ (ސްޕެއިން/ މެންޗެސްޓާ ސިޓީ)

ހެރީ ކޭން (އިންގްލެންޑް/ ބަޔާން މިއުނިކް)

ޑެކްލަން ރައިސް (އިންްގްލެންޑް/ އާސެނަލް)

ވިޓީނިއާ (ޕޯޗުގަލް/ ޕީއެސްޖީ)

ކޯލް ޕާމާ (އިންގްލެންޑް/ ޗެލްސީ)

ޑަނީ ކާވަހާލް (ސްޕެއިން/ ރެއާލް މެޑްރިޑް)

ލަމީން ޔަމާލް (ސްޕެއިން/ ބާސެލޯނާ)

ބުކާޔޯ ސަކާ (އިންގްލެންޑް/ އާސެނަލް)

ހަކަން ޗަނޮނޮގްލޫ (ތުރުކީ/ އިންޓަ މިލާން)

ވިިލިއަން ސަލީބާ (ފްރާންސް/ އާސެނަލް)

ކީލިއަން އެމްބާޕޭ (ފްރާންސް/ ޕީއެސްޖީ-ރެއާލް މެޑްރިޑް)

ލައުޓާރޯ މާޓީނޭޒް (އާޖެންޓީނާ/ އިންޓަ މިލާން)

އަޑެމޯލާ ލުކްމަން (ނައިޖީރިއާ/ އެޓަލަންޓާ)

އެންޓޯނިއޯ ރޫޑިގާ (ޖަރުމަނު/ ރެއާލް މެޑްރިޑް)

އަލެހަންޑްރޯ ގްރިމާލްޑޯ (ސްޕެއިން/ ބަޔާ ލެވަކޫސަން)