Advertisement

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ކަޒަކިސްތާނާއެކު ސޮއިކޮށްފި

4 ސެޕްޓެންބަރު 2024 - 19:03 1

މޫސާ ނާޝިއު

މޫސާ ނާޝިއު

ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ: ފޮރިން މިނިސްޓްރީ


ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ކަޒަކިސްތާނާއެކު ސޮއިކޮށްފި

4 ސެޕްޓެންބަރު 2024 - 19:03 1

ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ޓެކްނޮލޮޖީ ގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތެވެ. އަދި ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކިސްތާނު ސަރުކާރުގެ ޑިޖިޓަލް ޑެވެލޮޕްމެންޓް، އިނޮވޭޝަން އެންޑް އެއިރޮސްޕޭސް އިންޑަސްޓްރީގެ މިނިސްޓަރު ޒްހާސްލަން މަޑިޔެވް އެވެ.

ގައުމުގައި ރޭވިގެން ހިނގާ ބޮޑެތި ކުށްތަކަށް ތަހުގީގު ކުރުމުގައި ފުލުހުން މިހާރަށްވުރެ ކުޅަދާނަވާން، އޭއައި ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން ހުއްޓުވުމުގެ ގާބިލުކަން ފުލުހުންނަށް ދޭންޖެހޭނެ ކަމަށް ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ ތަރައްގީ ކުރުމުގެ މަގްސަދުގައި ސަރުކާރުން ދަނީ އެކި ގައުމުތަކާއެކު ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ ތަރައްގީ ކުރުމަށް ތުރުކީ އާއެކީ އެއްބަސްވުމެއްގައި ސޮއިކުރި އިރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ޗައިނާގެ ކުންފުންޏަކާ އެކު ވެސް އެއްބަސްވުމެއްގައި ސޮއިކުރި އެވެ.