ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިއްޕަ އަށް ދިނީ ނަމަކަށް

3 ސެޕްޓެންބަރު 2024 - 07:43 9


ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިއްޕަ އަށް ދިނީ ނަމަކަށް

3 ސެޕްޓެންބަރު 2024 - 07:43 9

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަނުކުރި ނަމަވެސް، އެ މަގާމުގެ ޒިންމާ އަދާކުރަން ފުރުސަތު ނުދޭ ކަމަށް، އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، އިޝްފާން މުހައްމަދު (އިއްޕަ) ބުނެފި އެވެ.

ކުރީގެ ކުޅުންތެރިޔާ، އިއްޕަ، ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަން ކުރީ 2016 އިން ފެށިގެންނެވެ. އިއްޕަ މަގާމުން އިސްތިއުފާ ދިނީ މި އަހަރުގެ މާޗް ނުވަ ވަނަ ދުވަހު އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަަމަވެ، ފަސް މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުން އަންނަނީ އެސޯސިއޭޝަން ހިންގަމުންނެވެ. އެކަން އެގޮތަށް ކުރަމުން އަންނަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އެންގުމާ އެއްގޮތަށް ކަމަށް ބުނެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެކަމަކު، އެ ނިންމުން ތަންފީޒުނުކުރަން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން އަންގާފައިވާކަމަށް ބުނެ، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ، ސްޕޯޓްސް ކޮމިޝަނަރުގެ އެ ނިންމުމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ތޮލާލް ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަނުން ކަންކަމުގައި އަމަލުކުރަނީ ހުރިހާ ފަރާތަކަށް އޮޅޭގޮތަށް ކަމަށެވެ.

މި ކަންކަމަށް އިޝާރާތްކޮށް، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، އިއްޕަ ބުނީ، މަގާމުގައި އޭނާ ހުރި ނަމަވެސް އޮފީސް ހިންގުމުގައި، ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން އެއްވެސް ރަސްމީ ކަމެއްގައި ބައިވެރިނުކުރާ ކަމަށެވެ.


"އޮފިޝަލް ވަޓްސަޕް ގްރޫޕްގައި ވެސް ނެތް. ގައުމީ (ބެޑްމިންޓަން) ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނާއި ރާއްޖޭގެ ކުޅިވަރުގެ އިސް އޮފިޝަލުންތަކެއްގެ އެދުމަށް އަހަރެން މަގާމުން އިސްތިއުފާ ނުދިނީ. އެއީ އެކްސްކޯ އިން އެފަދަ ނިންމުމެއް ނިންމަންދެން. އަހަރެން ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރިއިރު މަސައްކަތްކޮށްފައިވާނީ މުޅި ރާއްޖޭގެ ބެޑްމިންޓަނުގެ މަސްލަހަތަށް ވިސްނާފައި،" އިއްޕަ ބުންޏެވެ.

މިދިޔަ މާޗް މަހު، 22 ވަނަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވަން ތާވަލުކުރި އިންތިހާބުގައި ރައީސަކަށް އިއްޕަ ވަނީ ކެންޑިޑެސީ ހުށަހަޅައިފަ އެވެ. އެކަމަކު، އެ އިންތިހާބު ކުރިއަށްނުދިޔައީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ލީޑަޝިޕާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނާތީ، އިންތިހާބު މަޑުޖައްސާލަން އެ ކޮމިޝަނުން އެންގުމުންނެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވެސް ވަނީ އަސާސީ ގަވާއިދުގެ ކަންކަން އިސްލާހުނުކޮށް، ބެޑްމިންޓަން އެސޯސިއޭޝަން އިންތިހާބު ނުބާއްވަން އަންގައިފަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ކަރީމް

4 months ago

އިއްޕަ އާއި ކެންޓޭ ދެމީހުން އެއްކޮށް ތިތާ އުޅުނިއިރު ފެނުނީ އެންމެންނާއި ގުޅިގެން ގިނަ މަސައްކަތް ތަކެއް ކުރި ތަން، ކުޅުންތެރިން އޮފިސަލްސް އަދި ކޮމިއުނިޓީ އެކޮށް

ޒުވާނާ

4 months ago

ޒުވާނުން ޒުވާނުން އަބަދުވެސް އެންމެންވެސް ގޮވަމުންދަނީ ޒުވާނުންނަށް ކަންކަން ފަހިކޮށްދޭ ވާހަކަ. ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދޭ ވާހަކަ. އެކަމަކު ޅަޒުވާނަކަށް ލިބިފަހުރި ފުރުޞަތުތަކެއް ދެތިންމީހަކުވެގެން އެއްކޮށް ކަހާލިއިރުވެސް ރޭކަލިމީހަކު ނެތް. ސިޔާސީ ވެގެންނޫނީ އެއްކަމެއްވެސް ވާކަށްނެތް ކުދިންނޭ.

ސަތަރި

4 months ago

އަޅުގަނޑުމެންގެ ލޮބުވެތި ވެރިން އަބަދުވެސް މިވިދާޅުވަނީ މުއައްސަސާތަކުގެ ވެރިންނަށް އިޙްތިރާމްކުރާށޭ ފެންނަހާ ތަނަކުން ގުދަށްއޮންނާށޭ. އެކަމަކު މިފެންވަރަށް ކަންކަން ދިޔައީމަ ކުރާނެ އިޙްތިރާމެއް އިތުބާރެއް އޮންނާނެތޯ؟

އަލޫ

4 months ago

ބެޑްމިންޓަނަށް ގެއްލުންހުރި އެއްވެސް ކަމެއް ތިމަންނަމެން ނުކުރާނަމޯ ބުނެފަ ކުޅުންތެރިންގެ ލާރިކޮޅު ވަޔަށް ބުރުވާލީމަ، އަދުގެ ޒުވާން ޖީލަށް މިދެވެނީ އެންމެ ރަނގަޅު މެސެޖުބާ!

ސައްދާމް

4 months ago

ގޯލްޑަން ޖުބިލީ މެޗުގެ ފޯރި މިއަންނަނީ ދުވަހެއް ދުވަހަކަށް ގަދަވަމުން. ނަތީޖާ އޮޅުވާނުލިއްޔާ ކިތަންމެހާވެސް ރަނގަޅު.

ސާމިރު

4 months ago

މަށަށްހީވަނީ މިއުޅެނީ ބެޑްމިންޓަނަށް 50 އަހަރުފުރޭތީ ޖުބިލީ މުނާސަބާއަށް ތައްޔާރުވާން އެކްސްކޯރ ޖައްސާ ގޭމެއްހެން. ކުޅުންތެރިންނާ އެސޯސިއޭޝަން މޮޅުވާބަޔަކަށް ތަށި.

ބައިޑަން

4 months ago

މިހާތަނަށް އެންމެ ރަނގަޅަށް ތިކަންކުރި މީހަކީ އިއްޕަ. ކުދިންނާ ވަރަށް ގުޅިގެން މަސައްކަތްކުރާ ކަންކަން އޮންނަގޮތަށް ކިޔާދޭ މީހެއް އިއްޕައަކީ. ވާންއޮތަސް އަދި ނުވިޔަސް އެވާހަކަ ބުނަން ކެރުމަކީ ވެރިއެއްގެ ސިފައެއް.

ރޝދ

4 months ago

މިހާރު ކޯއްޗެކޭ ތިކިޔަނީ: ޢެތާހުރި އިރު ހަމަ މޫސަބޭގެ ބޯއިއަކަށްވެގެން އުޅުނީ. ޒިންމާއެއް އަދާނުކޮށް ކީއްވެ މުސާރަ ނެގީ. ޢެކަން ހަނދާނުން ކައްސާލީތަ؟


ޓްރަމްޕު

4 months ago

މަހުވެއި އިއްޕަގަދަ