Advertisement

ހުލާސާކޮށް އިއްޔެ: މުޑުދާރު މުއާމަލާތަކުން 6.9 ބިލިއަން ރުފިޔާގެ ގެއްލުމެއް

3 ސެޕްޓެންބަރު 2024 - 06:17 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: މުޑުދާރު މުއާމަލާތަކުން 6.9 ބިލިއަން ރުފިޔާގެ ގެއްލުމެއް

3 ސެޕްޓެންބަރު 2024 - 06:17 0

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އޮންލައިން އެކްސްޕެޓް ސިސްޓަމް ދޫކޮށްލައި، އެ މަސައްކަތް މެލޭޝިއާގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ ބެސްޓިނެޓަށް ދޭން ސޮއިކޮށްފައިވާއިރު، އެ މުއާމަލާތުން ދައުލަތަށް ލިބޭ ގެއްލުމާއި ބެސްޓިނެޓުގެ މުޑުދާރު ފަތިފުށުގެ ވާހަކަތައް އިއްޔެ ރިޕޯޓުކުރި އެވެ.

ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. މިއީ މިހާތަނަށް އެނގިފައިވާ މިންވަރެވެ.

މިވަގުތު އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި 221,231 ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަރާބަރަށް ފައިސާ ދައްކަމުން ދަނީ 50 ޕަސެންޓު މީހުންނެވެ. އަހަރަކު 685 މިލިއަން ރުފިޔާ ބިދޭސީން ފީތަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި ވަދެ އެވެ. އަދި ބިދޭސީންގެ އަތުން ފީ ހޯދަން ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ދައުލަތަށް އަހަރަކު 685 މިލިއަން ރުފިޔާ ގެއްލޭ ކަަމަށް އިހުސާން ވިދާޅުވި އެވެ.

އެއްބަސްވުން ގާއިމުކުރަނީ ލާރި ދައްކާ މީހުންގެ އަތުން އެކަނި ބެސްޓިނެޓަށް ފައިސާ ދާ ގޮތަށް ކަމަށް އިހުސާން ވިދާޅުވި އެވެ. އޭރުން ފައިސާ ދައްކާ މީހުންގެ އަދަދު 90 ޕަސެންޓަށް މަތިކުރެވޭނޭ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. އެއީ 199,108 ވޯކް ޕާމިޓެވެ.

ވޯކް ޕާމިޓް ފީގެ ގޮތުގައި އޭރުން އަހަރަކު ސަރުކާރަށް 1.2 ބިލިއަން ރުފިޔާ ވަންނާނެ އެވެ. ދައުލަތަށް ވަންނާނެ 303 މިލިއަން ރުފިޔާއަކީ ބެސްޓިނެޓަށް ދޭން ޖެހޭނެ ފައިސާ އެވެ. އެއީ 15 އަހަރަށް ބަލާނަމަ ދައުލަތަށް ގެއްލޭ 4.5 ބިލިއަން ރުފިޔާގެ އާމްދަނީ އެވެ. އަދި މެޑިކަލް އިންޝޫރަންސް ފީއާއެކު ބެސްޓިނެޓަށް 15 އަހަރުތެރޭގައި ލިބޭ އާމްދަނީ ޖުމުލަ 6.9 ބިލިއަން ރުފިޔާ އަރާނެ އެވެ.

މުހިއްމު ބައެެއް ހަބަރު