Advertisement

އިކުރާމްގެ ޝަރީއަތުގައި ފުލުހުން ދޮގު މައުލޫމާތު ދިން، އެކަން އިދާރާތަކުން ތަހުގީގު ކުރަން ޖެހޭ: ހައި ކޯޓު

2 ސެޕްޓެންބަރު 2024 - 09:29 2

މޫސާ ނާޝިއު

މ

Advertisement

ހައިކޯޓަށް ވަންނަ ދޮރާށްޓެއް، ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ދޮގުހެދި ކަމަށް އެކޯޓުން ނިންމި


އިކުރާމްގެ ޝަރީއަތުގައި ފުލުހުން ދޮގު މައުލޫމާތު ދިން، އެކަން އިދާރާތަކުން ތަހުގީގު ކުރަން ޖެހޭ: ހައި ކޯޓު

2 ސެޕްޓެންބަރު 2024 - 09:29 2

Advertisement

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން، އިބްރާހިމް އިކުރާމްގެ ބަންދުގެ މުއްދަތު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ އިދާރާއިން ދޮގު މައުލޫމާތު ދީފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ހުކުމުގައި ބަޔާންކޮށްފި އެވެ.

އެ މައްސަލައިގައި އިކްރާމު ހިމެނޭހެން ޖުމުލަ ތިން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޯގަސްޓު 1، ގައި އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދު ކުރުމަށެވެ.

Advertisement

ނަމަވެސް, އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރީ އިކުރާމުގެ ފަރާތުންނެވެ.

އެ މައްސަލައިގެ ހުކުމް ކުރުމަށް އިއްޔެ މެންދުރު ބޭއްވި އަޑުއެހުމުގައި ފުލުހުން ޝަރީއަތުގައި ކުރިން ދައްކާފައި ހުރި ވާހަކަތަކާއި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތައް ދިމާ ނުވާ ކަމަށް މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު, ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން އެ ފަރާތުން (އިކުރާމް) ދެއްވި ޖަވާބަކީ (ވަކީލަކަށް) ރިކުއެސްޓް ކޮށްފައިވާ ކަމަށް، އެހެންމާ އަޅުގަނޑުމެންނަށް މުއްދަތު ފެށުމާ ހަމަޔަށް ވެސް ވަކީލަކު އައްޔަންވެފައި ނެތްކަން، ނެތަތީ ކުރިއަށް ގެންދިޔައީ," ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައިވެ އެވެ.

Advertisement

އޮގަސްޓު 21, ގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑަތީ ސަބްއިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޒައިލް އެވެ.

އިކުރާމްގެ ފަރާތުން ހައި ކޯޓުގައި ބުނީ މުއްދަތު މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވަކީލަކާ ގުޅޭ ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.

ދެ ފަރާތުން ދައްކާފައިވާ ވާހަކަ ދިމާނުވުމުގެ ސަބަބުން ކްރިމިނަލް ކޯޓުން މުއްދަތު މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން އަޑުއެހުމަށް ފަހު، ވަކީލުގެ ހައްގުގެ އެއްވެސް ވާހަކައެއް ފަނޑިޔާރުން ވެސް އަދި މަޖިލީހުގައި ބައިވެރިވި އެހެން އެއްވެސް ފަރާތަކުން ވެސް ބުނެފައި ނުވާ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދީފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމުގައި ވާތީ, މި ކަމަކީ ކަމާބެހޭ އިދާރާތަކުން ބަލައި, ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެން," ފަނޑިޔާރު ފައިސަލްގެ ރައުޔުގައިވެ އެވެ.

އެއްވެސް އިދާރާއަކުން މިކަމާ ގުޅޭ ތަހުގީގެއް މިހާތަނަށް ފަށާފައި ނުވެ އެވެ. ކޯޓުގައި ދޮގު ހެދުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ގޮތުގައި ބަލާއިރު އެ ކުށުގެ އަދަބަކީ ތިން މަހަށް ވުރެ އިތުރު ނުވާ ގޮތަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފިޔާޒު

7 months ago

ތީގެން ފުލުހަކީ ކާކު؟

ހުސޭނު

7 months ago

ބަލަގަ ފުލުސް މީހާ ބުނީ "އަޅުގަނޑު ހަނދާންވާ ގޮތުން އެ ފަރާތުން (އިކުރާމް) ދެއްވި ޖަވާބަކީ (ވަކީލަކަށް) ރިކުއެސްޓް ކޮށްފައިވާ ކަމަށް، …،" ކަމަށް. ތީގަ ދޮގެއް ކޮބައިތަ؟ ޢޭނަ ހަނދާން ބަލި ކަމެއް ނޫންތަ ތީގެން އެނގެނީ. ފަނޑިޔާރުންވެސް އަޑުއަހާވަރު ތިޔަ ފެންނަނީ