އިކުރާމް އިއްޔެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމު ކޯޓު އަމުރެއްގެ ހައްޔަރުކޮށްފި އެވެ.
އިކްރާމު ބަންދުން ދޫވީ ފުލުހުންގެ އިހުމާލުންނެ އެވެ. އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރާ ކަމަށް ހޯމް މިނސްޓަރު އަލީ އިހުސާން އެކްސްގައި ވިދާޅުވި އެވެ.
އޭގެ ހަތަރު ގަޑިއިރު ފަހުން އިކުރާމް ހައްޔަރުކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިނަރެސް ފުލެޓުތައް ކައިރީގައި އެ އެކްސިޑެންޓު ހިނގީ އިކްރާމު ދުއްވަން އިން ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ މައްސަލައިގައި އިކްރާމު ހިމެނޭހެން ޖުމުލަ ތިން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޯގަސްޓު 1، ގައި އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދު ކުރުމަށެވެ.
ނަމަވެސް, އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރީ އިކްރާމުގެ ފަރާތުންނެވެ.
އެ މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލައި ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށެވެ.
ޝަރީއަތް ނިމެންދެން އިކްރާމު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރަން ނިންމާފައި ވަނީ ހައި ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޖުލައި މަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއްވި އެވެ، އޭނާއަށް ފަރުވާ ދިނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment