Advertisement

ފުލުހުންގެ މަސައްކަތަށް އޭއައި ޓެކްނޮލޮޖީ ތައާރަފުކުރަނީ

2 ސެޕްޓެންބަރު 2024 - 10:05 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު: ޝުޖާއު ވިދާޅުވީ އޭއައި ފުލުހުންގެ މަސައްކަތަށް ތައާރަފްކުރާނެ ކަަމަށް. ފޮޓޯ: ޕޮލިސް ޓްވިޓާ


ފުލުހުންގެ މަސައްކަތަށް އޭއައި ޓެކްނޮލޮޖީ ތައާރަފުކުރަނީ

2 ސެޕްޓެންބަރު 2024 - 10:05 0

ގައުމުގައި ރޭވިގެން ހިނގާ ބޮޑެތި ކުށްތަކަށް ތަހުގީގު ކުރުމުގައި ފުލުހުން މިހާރަށްވުރެ ކުޅަދާނަވާން، އޭއައި ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން ހުއްޓުވުމުގެ ގާބިލުކަން ފުލުހުންނަށް ދޭން އެބަޖެހޭކަން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އޭއައި ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ގާބިލުކަން ފުލުހުންނަށް ލިބިގެންދާނެ ކަމަށެވެ.

"ފުލުހުންގެ މަސައްކަތު ޓެކްނޮލޮޖީއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ކުށެއް ކުރުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ގާބިލުކަން ފުލުހުންނަށް ލައިދޭން އެބަޖެހޭ" ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ސީޕީގެ ވާހަކައިގައި ފާހަގަކުރީ ޓެރަރިޒަމާއި ފައިނޭންޝިއަލް ކްރައިމްސް ތަހުގީގު ކުރުމުގައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި މި ވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާއި ކުށްކުރާ ގުރޫޕުތައް (ގޭންގު) ކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.

އޭއައި ބޭނުންކޮށްގެން ކުށްތައް ހުއްޓުވުމަށް ފުލުހުން ވިސްނަމުން އަންނަ އިރު، ތަރައްގީވެފައިވާ ގައުމުތަކުގެ ފުލުހުން އަންނަނީ މި ޓެކްނޮލޮޖީ މިހާރު ވެސް ބޭނުންކުރަމުންނެވެ.