Advertisement

35 މެޗަށް ފަހު ޖަރުމަނު ލީގުގައި ލެވަކޫސަން ބަލިވެއްޖެ

31 އޮގަސްޓު 2024 - 23:56 0

ލައިޕްޒިގުގެ އޮޕެންޑާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


35 މެޗަށް ފަހު ޖަރުމަނު ލީގުގައި ލެވަކޫސަން ބަލިވެއްޖެ

31 އޮގަސްޓު 2024 - 23:56 0

ބާލިން (އޮގަސްޓް 31) - އާރްބީ ލައިޕްޒިގު އަތުން 3-2 އިން ބަލިވެ، ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން 35 މެޗަށް ފަހު ލީގުގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ލެވަކޫސަނުން އެ ކްލަބްގެ 120 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ ސީޒަނުގަ އެވެ. އެއީ މެޗަކުން ބަލިނުވެ އެވެ. ލެވަކޫސަނުން ވަނީ ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައި، މި ފަހަރުގެ ސީޒަން ފަށަން ކުޅުނު ޖަރުމަނު ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

އެކަމަކު، މިރޭ އަމިއްލަ ދަނޑުގައި ލައިޕްޒިގު އަތްދަށުވެ، ލެވަކޫސަން މި ވަނީ، މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން، ފުރަތަމަ ފަހަރަށް ޖަރުމަނު ފުޓްބޯޅައިގެ މެޗަކުން ބަލިވެފަ އެވެ. ޖަރުމަނުގެ ފުޓްބޯޅަ މުބާރާތެއްގެ މެޗަކުން ލެވަކޫސަން މި ބަލިވީ 43 މެޗަށް ފަހު އެވެ.

ލެވަކޫސަން ދަނޑުގައި މިރޭ ކުޅުނު މެޗުގެ ލައިޕްޒިގުގެ ކޯޗު މާކޯ ރޯސް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. ލެވަކޫސަނުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. ޖެރެމީ ފްރިމްޕޮން އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިންއިރު، އަލެކްސް ގްރިމާލްޑޯ ވަނީ ލެވަކޫސަންގެ ލީޑުފުޅާކޮށްދީފަ އެވެ.

ލައިޕްޒިގު މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ.

ކެވިން ކަމްޕްލް ވަނީ ލައިޕްޒިގުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. ދެން، ލައިޕްޒިގުން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ، ލޮއިސް އޮޕެންޑާ އެވެ.

މިދިޔަ ސީޒަނުގައި، ލެވަކޫސަން ބަލިވި ހަމައެކަނި މެޗަކީ ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލަންޓާ އަތުންނެވެ. އެއީ ސީޒަނުގައި ކުޅުނު 51 މެޗަށް ފަހު އެވެ. މި ފަހަރުގެ ސީޒަންގެ ތިން ވަނަ މެޗުން ލެވަކޫސަން މި ވަނީ ބައްޔަކާ ކުރިމަތިލާން ޖެހިފަ އެެވެ.