Advertisement

ސިވިލް އެވިއޭޝަން ދާއިރާއިން ސައުދީއާއެކު ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއް

29 އޮގަސްޓު 2024 - 21:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެއާއި ސައުދީއާ ދެމެދު ސިވިލް އެވިއޭޝަންއާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ


ސިވިލް އެވިއޭޝަން ދާއިރާއިން ސައުދީއާއެކު ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއް

29 އޮގަސްޓު 2024 - 21:20 0

ސިވިލް އެވިއޭޝަން ދާއިރާ އިން ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ވަރުގަދަކުރަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައި އޮތް ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނު އެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސާލޭ ބިން ނާސަރު އަލް ޖަސަރު އެވެ.

އެއީ ވައިގެ ދަތުރުފަތުރުގެ ދާއިރާާ އާއި، ސީޕްލޭން އޮޕަރޭޝަން އަދި ވޯޓާ އެއަރޮޑްރޯމްއާ ގުޅޭ ދާއިރާއިން ދެ ގައުމު މެދުގައި ގުޅުން ބަދަހި ކުރަން އެކުލަވާލި އެއްބަސްވުމެއް ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

"އޭވިއޭޝަންގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމު ވަނީ އެއްބަސްވެފައި،" އެ މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމާއެކު ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ސްޓްރެޓެޖިކް ޕާޓްނާޝިޕް ހަރުދަނާވަމުންދާކަން ޓްރާންސްޕޯޓުން ފާހަގަކުރި އެވެ.