Advertisement

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކަށް ކުރިމަތިލާން ހުޅުވާލައިފި

29 އޮގަސްޓު 2024 - 21:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް އޮފީސް: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކަށް ކުރިމަތިލާން އެ އޮފީހުން ވަނީ ހުޅުވާލާފައި -- ފޯޓޯ؛ އަދަދު ފައިލް


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކަށް ކުރިމަތިލާން ހުޅުވާލައިފި

29 އޮގަސްޓު 2024 - 21:25 0

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު، 17، ގެ ހެނދުނު 9:30 އިން 12:00 އަށް ކަމަށެވެ.

"މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިގުރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ،" އެ އޮފީހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިން ލަފަޔާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސް ވެސް ހިމެނޭހެން އެތަނުގެ ހަތަރު މެންބަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

މަގާމުން ވަކިކޮށްފައި ވަނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި، ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި، މެންބަރު އަހުމަދު އަޝްރަފު، އަދި މެންބަރު ހަޖީދާ ނައީމެވެ.

ރައްޔިތުންގެ މަޖިލީހުން އެ ހަތަރު މެންބަރުން ވަކިކުރަން ފާސްކުރީ އޯގަސްޓް، 19 ގައި ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތަށް 63 މެންބަރުންގެ ވޯޓުންނެވެ. އެ ނިންމުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަ މަޖިލީހުން ބަލައި، ވަކިކުރީ އެ މެންބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތައް މުވައްޒަފުން ފެންމަތި ކުރުމުންނެވެ.

ޓްރައިބިއުނަލްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ "އަދަދު" ނޫހަށް ލިބިފައިވާއިރު އެ ސިޓީން މެންބަރުންގެ މައްޗަށް ކުރާ ބައެއް ތުހުމަތުތައް އެނގުނެވެ. އެންމެ ބޮޑު ތުހުމަތަކަށް އޮތީ ޓްރައިބިއުނަލްގެ ބޭނުމަށް ގ. މާގަހަ ކިޔާ ގެއެއް ކުއްޔަށް ހިފުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ ތުހުމަތެކެވެ.