Advertisement

ދިފާއީ ވަކީލަކަށް ޑެޕިއުޓީ މިނިސްޓަރެއް ދިޔަ މައްސަލައެއް އަނެއްކާ ވެސް

30 އޮގަސްޓު 2024 - 13:45 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ހައިކޯޓުގެ މައި ދޮރާށި: ކުރިން ވެސް ޑެޕިއުޓީ މިނިސްޓަރަކު ގޮސްގެން ދައުލަތުން އިއުތިރާޒުކޮށްފައިވޭ -- ފޮޓޯ: އަދަދު


ދިފާއީ ވަކީލަކަށް ޑެޕިއުޓީ މިނިސްޓަރެއް ދިޔަ މައްސަލައެއް އަނެއްކާ ވެސް

30 އޮގަސްޓު 2024 - 13:45 0

ހައިކޯޓުގައި ހިނގަމުންދާ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ މައްސަލައިގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރާގިބު އަހުމަދު ދައުލަތާއި ދެކޮޅަށް ވަކާލާތުކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހެނދުނު އޮތް އަޑުއެހުމަށް ވަކާލާތު ކުރުމަށް ރާގިބު ވަނީ ހައިކޯޓަށް ގޮސްފަ އެެވެ. އަދި ދައުލަތުން އެކަމަށް އިއުތިރާޒު ވެސް ވަނީ ކޮށްފަ އެވެ.

މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް ކަމުން ދައުވާކުރާ ފަރާތުގެ ނަން ވަނީ ސިއްރުކޮށްފަ އެވެ. ދައުލަތުން ކޯޓަށް މިކަން އެންގުމުން ކޯޓުން ދިން ޖަވާބަކީ ރައީސް އޮފީހާ ވާހަކަދައްކައިގެން އެކަން އޮންނަ ގޮތް އޮޅުންފިލުވުން ކުރިއަށް ގެންދިއުމަށް ކަމަށް އެކަމުގެ މައުލޫމާތު އިނގޭ މީހަކު ބުންޏެވެ.

މިއީ މިފަހުން މިހެން ދިމާވީ ތިން ވަނަ މައްސަލަ އެވެ. ދައުލަތުގެ މަގާމުތަކުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތުކުރަން ދިޔަ އަނެއް ދެ މީހުންނަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރެވެ.

މި މައްސަލަތަކުގައި ވެސް ދައުލަތުން ވަނީ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ދިފާއީ ވަކީލުންގެ ގޮތުގައި އެ މީހުން ތިބުމަށް އިއުތިރާޒުކޮށްފަ އެވެ.