Advertisement

ތިން އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ޑިޖިޓަލް މީޓަރު ހަރުކުރުމުގެ އަމާޒު

28 އޮގަސްޓު 2024 - 22:27 1

މޫސާ ނާޝިއު

މޫސާ ނާޝިއު

މިނިސްޓަރު ތޯރިގު ވިދާޅުވީ ތިން އަހަރު ދުވަހުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް މީޓަރު ހަރުކުރާނެ ކަމަށް--- ފޮޓޯ: އެންވަރަޔަމެންޓް މިނިސްޓްރީ


ތިން އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ޑިޖިޓަލް މީޓަރު ހަރުކުރުމުގެ އަމާޒު

28 އޮގަސްޓު 2024 - 22:27 1

ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރެވިގެންދާނެ ކަމަށް އެންވާރަމަންޓު މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް އެރަށު ރައްޔިތުންނަށް ހިދުމަތް ދިނުން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްތަކަށާއި އެހެން ރަށްތަކުގައި ވެސް މި މީޓަރު ކުރިއަށް އޮތް ތަނުގައި ހަރުކުރެވިގެން ދާނެ ކަމަށެވެ.

ފެނަކައިގެ ރަށްރަށުގާއި އަދި ދެން ހުރި ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި ރޯލް އައުޓް ކޮށްގެން ގޮސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި މި ސްމާޓް މީޓަރުތައް ހަރުކުރެވިގެން ދާނެ," ތޯރިގު ވިދާޅުވި އެވެ.

އޭގެއިތުރުން މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވީ ޑިޖިޓަލް މީޓަރުގެ އެންމެ މުހިންމު ކަމަކީ އެ ދުވަހަކު ކަރަންޓު ބޭނުން ކުރެވޭ ވަރު ރައްޔިތުންނަށް އެނގިގެން ދިއުމާއި އަދި ގަޑިއިރަކަށް ވެސް ކަރަންޓު ބޭނުން ކުރެވޭ ވަރު އެނގި ހަކަތަ އިގުތިސާދު ކުރުމަށް ފުރުސަތު ލިބުން ކަމަށެވެ.

މި މަސައްކަތުގެ ސަބަބުން ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި ފެނަކައިން ދޭ ހިދުމަތްތައް އަވަސް ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކާގައި ފާހަގަކުރި އެވެ.

ރާއްޖޭގެ ރަށްތަކުގައި ސްމާޓް މީޓަރު ހަރުކުރެވުމުން "ޓައިމް އޮފް ޔޫސް ޓެރިފް" ތައާރަފް ކޮށްގެން އިތުރަށް ހަރަދުތަކެއް ކުޑަކުރެވިގެން ދާނެ އެވެ. "ޓައިމް އޮފް ޔޫސް ޓެރިފް" ގެ ސަބަބުން ހަރަދު ކުޑަވާ ގޮތަކީ ކަސްޓަމަރުން ކަރަންޓު ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓު ތަކެތި ހިނގާކަމުގައި ވަނީ ނަމަ އެކަން އެނގި އެ ހުއްޓުވުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.