Advertisement

ބަންގްލަދޭޝްއިން އިންޑިއާގައި ތިބި ދެ ޑިޕްލޮމެޓުން ވަކިކޮށްފި

28 އޮގަސްޓު 2024 - 11:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު ލީޑުކުރައްވާ މުހައްމަދު ޔޫނުސް: ބަންގްލަދޭޝްއިން ވަނީ އިންޑިއާގައި ތިބި ދެ ޑިޕްލޮމެޓުން ވަކިކޮށްފައި -- ފޮޓޯ: ޕީޓީއައި


ބަންގްލަދޭޝްއިން އިންޑިއާގައި ތިބި ދެ ޑިޕްލޮމެޓުން ވަކިކޮށްފި

28 އޮގަސްޓު 2024 - 11:55 0

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އިންޑިއާގައި ތިބި އެ ގައުމުގެ ދެ ޑިޕްލޮމެޓުން ވަކިކޮށްފި އެވެ.

މުހައްމަދު ޔޫނުސް ލީޑް ކުރައްވާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަކިކުރީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ޝަބަން މަހްމޫދުގެ އިތުރުން ކޮލްކަތާގައި ހުންނަ ބަންގްލަދޭޝް ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ ރަންޖަން ސެން އެވެ.

"އަހަރުމެން ހުރިހާ ގައުމަކާއެކު ވެސް ގާތް ގުޅުމެއް ބާއްވާނަން،" އިންޑިއާއާ އޮތް ގުޅުމަށް އިޝާރާތްކޮށް މީގެކުރިން ޔޫނިސް ވިދާޅުވި އެވެ.

ވަރުގަދަކޮށް އޮތް ބަންގްލަދޭޝްއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވީ އޯގަސްޓް، 5 ގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ދިޔުމުން އެކަމަނާއަށް ހިމާޔަތް ދިނުމާ ގުޅިގެންނެވެ.

ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވީ އެ ގައުމުގައި ކުރަމުންދިޔަ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި 450 އަށްވުރެ ގިނަ މީހުން މަރުވުމާއެކު އިސްތިއުފާ ދެއްވުމަށްފަހު އެވެ.

ހަސީނާ އިސްތިއުފާ ދެއްވުމުން ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލީ އިދިކޮޅާއި، ދަރިވަރުންގެ ލީޑަރުން ހިމެނޭ ގޮތަށެވެ. އެގޮތުން އާ ސަރުކާރުން އަންނަނީ ބަންގްލަދޭޝް އަނބުރާ ކުރިން އޮތް ހާލަތަށް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.