Advertisement

އެމްއައިބީ ގެސްޓް ހައުސް ސިމްޕޯސިއަމް: ގެސްޓް ހައުސް ކުރިއަރުވަން ހުޅުވޭ ދޮރެއް

28 އޮގަސްޓު 2024 - 09:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއައިބީ ގެސްޓް ހައުސް ސިމްޕޯސިއަމް: ގެސްޓް ހައުސް ކުރިއަރުވަން ހުޅުވޭ ދޮރެއް

28 އޮގަސްޓު 2024 - 09:38 0

ރާއްޖޭގައި އެންމެ ބާރަށް ފުޅާވަމުން އަންނަ އެއް ސިނާއަތް ކަމަށްވާ ގެސްޓަހައުސް ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ އަދި އަލަށް އެ ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ސިމްޕޯސިއަމް އަކީ އެ ދާއިރާއަށް ހުޅުވައިލެވޭ މުހިއްމު ދޮރެކެވެ.

އޮކްޓޯބަރު 10 ގައި ކްރޮސްރޯޑުގައި ބާއްވާ މި ސިމްޕޯސިއަމްއަކީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަގުތު ސަލާމަތް ކުރެވި އެތައް ހަރަދެއް ސަލާމަތްކުރެވުމުގެ އިތުރުން ރާއްޖޭގެ ނަން ކިލަނބު ވެދާނެ ކަންކަމުން ދުރުގައިތިބެ ރަނގަޅު މެހެމާންދާރީއެއް އަދާކުރާނެ ގޮތް ދަސްކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

މި ވާހަކަތައް ހިއްސާކުރާނީ ދާއިރާގެ ތަޖުރިބާކާރުންނެވެ. އެ ބޭފުޅުންގެ ތަޖުރިބާއިން މި ދާއިރާގައި ދިމާވެފައި ހުރި، ދިމާވާ އަދި ދިމާވެދާނެ ގޮންޖެހުންތަކާއި އެކަމުން އަރައިގަންނާނެ ގޮތް ކިޔައިދޭނެ އެވެ.

މި ފުރުސަތަކީ ދާއިރާގެ މީހުން އެއްތަނަކުން ދިމާވެ، ތަޖުރިބީ ހިއްސާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އަދި އަގުތައް އެއްވަރެއްގައި ބެހެއްޓުމާއި، ގުޅިގެން މާކެޓްކުރުން ފަދަ ކަންކަން ތަނަވަސް ވާނެއެވެ.

މީގެއިތުރުން ސިމްޕޯސިއަމްގައި ހަރަކާތްތެރިވާނީ ހަމައެކަނި ގެސްޓްހައުސްތަކެއް ނޫނެވެ. އެމްއައިބީއިން މިކަމާއި ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެބޭންކުން މައުލޫމާތުދިން ގޮތުގައި މި ދާއިރާގެ ވަށައިގެން ހުރި އެކި ވިޔަފާރިތަކަށް ވެސް ފުރުސަތު ވަނީ ހުޅުވިފަ އެވެ. އެހެންކަމުން މި ސިމްޕޯސިއަމްއިން އެތަށް ވިޔަފާރިތަކަކާއި ބައްދަލުވެ އަގުހެޔޮ ކޮލިޓީ ސާމާނު ހޯދުމަށް މަގުފަހު ކުރެވޭނެ އެވެ.

މި ސިމްޕޯސިއަމްއަކީ ޒުވާނުނަށް އެކުދިންގެ ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. މި ދާއިރާއާއި ގުޅޭ ސޮފްޓްވެއާ އަދި އެހެނިހެން ގުޅުންހުރި ވިޔަފާރިކުރާ ޒުވާނުންނަށް އެތަކެތި ޝޯކޭސްކުރެވޭނެ އެވެ. އެކި ކަހަލަ ސުވެނިއާ ހަދާ ޒުވާނުންނަށް ވެސް ފުރުސަތު ހުޅުވިފައިވާއިރު މި ފުރުސަތުގެ ބޭނުން ހިފުން މުހިންމެވެ.

މި ސިމްޕޯސިއަމްގެ ފައިދާ މުޅިރާއްޖެއަށް ކުރާނެ އެވެ. ގައުމުން ބޭރުވާ އެތަށް ފައިސާއެއް ގައުމުގައި ހިފެހެއްޓުމަށް ލިބޭ ބާރަކަށް މި ސިމްޕޯސިއަމްވާނެ އެވެ. ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބޭ މަދުފުރުސަތުތަކުން އެންމެ ފަހި ފުރުސަތަށް މި ސިމްޕޯސިއަމްވާނެ އެވެ.