Advertisement

ސައުތު އޭޝިއާގެ އެތުލެޓިކްސް ޖޫނިއާ މުބާރާތަށް ރާއްޖޭން ވަރުގަދަ ސްކޮޑެއް

26 އޮގަސްޓު 2024 - 12:01 0

އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ، ރޫޔާ ވާދަކުރަނީ.--- ފޮޓޯ: އޭޝިއަން ގޭމްސް


ސައުތު އޭޝިއާގެ އެތުލެޓިކްސް ޖޫނިއާ މުބާރާތަށް ރާއްޖޭން ވަރުގަދަ ސްކޮޑެއް

26 އޮގަސްޓު 2024 - 12:01 0

ސައުތު އޭޝިއާގެ އެތުލެޓިކްސް ޖޫނިއާ މުބާރާތަށް ރާއްޖޭން ވަރުގަދަ ސްކޮޑެއް އިއުލާނުކޮށްފި އެވެ.

އިންޑިއާގެ ޗެންނާއިގައި އަންނަ މަހުގެ 11-13 އަށް ކުރިއަށްދާ ސައުތު އޭޝިއަން އެތުލެޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާނުކުރީ، 16 އެތުލީޓުންގެ ސްކޮޑެކެވެ.

އެއީ، އަށް އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުންނެވެ.

އެ ގޮތުން، ސްކޮޑުގައި ހިމެނޭ ފިރިހެން އެތުލީޓުންނަކީ، މުހައްމަދު މިންހާލް ޝާމިން (މިންކޮ)، އިބްރާހިމް ނާހިލް ނިޒާރު، ޒުއިޒް މުހައްމަދު ސުއާދު، ހުސެއިން ޒީކް ސުއާދު، ޔޫސުފް އާއިޝް މުހައްމަދު، އިކްރާމް އަބްދުﷲ، މުހައްމަދު އަޔާން ޝަފީއު އަދި އައިދު އަބްދުﷲ ރިފާއު އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސްކޮޑު.


އަންހެން އެތުލީޓުންނަކީ، މަރިޔަމް ރޫޔާ އަލީ، އަހުނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ހައްވާ މުޒްނާ ފާއިޒު، އައިޝަތު ޝައިމް އަޒީޒް، ޒީކް އަޝްރަފް ރަޝީދު، ޝަލް ޝަލް މުބީން ޖަލީލް އަދި އައިޝަތު ޝާޔާ ޝަފީއު އެވެ.

މި ސްކޮޑަށް ބަލާއިރު، މިދިޔަ ދެތިން އަހަރު ގައުމީ ސީނިއާ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކާމިޔާބު ހޯދާފައިވާ އެތުލީޓުން ވެސް ހިމެނެ އެެވެ. އެ ގޮތުން، ކޮމަންވެލްތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އަދި އޭޝިއަން ގޭމްސް ހިމެނެ އެވެ.

އޭގެ އިތުރުން، ސްކޮލަޝިޕްތަކުގައި، ރާއްޖޭން ބޭރުގައި ތަމްރީން ފުރިހަަމަކޮށްފައިވާ އެތުލީޓުން ވެސް ހިމެނެ އެެެެވެ.