Advertisement

އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ސްޓެލްކޯއިން ގާއިމުކުރަނީ

25 އޮގަސްޓު 2024 - 14:55 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އިލެކްޓްރިކް ވެހިކަލް ޗާޖުކުރުމަށް އަޅާ ސްޓޭޝަނުގެ ހިޔާލީ ކުރެހުމެއް --- ފޮޓޯ:ސްޓެލްކޯ


އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ސްޓެލްކޯއިން ގާއިމުކުރަނީ

25 އޮގަސްޓު 2024 - 14:55 0

އިލެކްޓްރިކް ވެހިކަލް ޗާޖިންގް ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔެއަށް މި އަންނަ ކުރިއެރުންތަކުގައި، ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ގެންގުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބިގެންދާން ޖެހޭނެ ކަމަށެވެ. އެހެންކަމުން މި ސްޓޭޝަންއަކީ އެފަދަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ގާއިމުކުރާ ތަނެއް ކަމަށް ވެސް ފަހުމީގެ ޕޯސްޓުގައިވެ އެވެ.

"ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް މިހާރު ވަނީ ނިންމާފައި," ފަހުމީގެ ޕޯސްޓުގައިވެ އެވެ.

މި އިލެކްޓްރިކް ސްޓޭޝަން ގާއިމުކުރުމަށް ނިންމާފައިވަނީ އެ ކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގަ އެވެ. އަދި މި މަސައްކަތް ކުރިއަށް ދަނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެން އެ ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާ ވެސް އެކީގަ އެވެ. މި ސްޓޭޝަން އިން ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުތައް ވެސް ޗާޖުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ކަރަންޓުގެ ހިދުމަތް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 35 ރަށަކަށް ސްޓެލްކޯ އިން ފޯރުކޮށްދެމުން ދާއިރު، މި ހިދުމަތް ފުޅާކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އެ ކުންފުނިން ވަނީ އިއުލާނެއް ވެސް ކޮށްފަ އެވެ. އަދި ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން ވެސް ވަނީ އެ ކުންފުންޏަށް އަމާޒުވެފަ އެވެ.