ކަރަންޓުގެ ހިދުމަތް ފުޅާ ކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދަން ސްޓެލްކޯ އިން އިއުލާނު ކޮށްފި

ކ. ގާފަރު އިންޖީނުގޭގެ ފުރާޅުގައި ސްޓެލްކޯ އިން އަޅާފައިވާ ސޯޅާ ޕެނަލް ތަކެއް: ކަރަންޓް ހިދުމަތް ފުޅާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ވަނީ ފުތުސަތު ހުޅުވާލާފައި-- ފައިލް ފޮޓޯ/ ސްޓެލްކޯ

ކ. ގާފަރު އިންޖީނުގޭގެ ފުރާޅުގައި ސްޓެލްކޯ އިން އަޅާފައިވާ ސޯޅާ ޕެނަލް ތަކެއް: ކަރަންޓް ހިދުމަތް ފުޅާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ވަނީ ފުތުސަތު ހުޅުވާލާފައި-- ފައިލް ފޮޓޯ/ ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ގުޅިގެން ކަރަންޓުގެ ހިދުމަތްތަކަށް އިންވެސްޓްކޮށް ފުޅާކުރަން ޝަގުރުވެރިވާ ފަރާތްތައް ހޯދުމަށް އެ ކުންފުނިން އިއުލާނު ކޮށްފި އެވެ.

ސްޓެލްކޯ އިން މިދިޔަ ހަފުތާގައި ގެޒެޓްގައި މައިގަނޑު ހަތަރު ކަމަކަށް ޝަގުރުވެރިވާ ފަރާތްތައް ހޯދަށް އިއުލާނު ކޮށްފައިވެ އެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް މި އަހަރުގެ ޑިސެމްބަރު 30، ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެ އެވެ.

ފުރުސަތު ހުޅުވާލި މަސައްކަތްތައް

  1. ބިންމަތީގަ އާއި ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު ދިނުމާއި މޫދާއި ކަނޑުމަތީގައި ގާއިމު ކުރާ ނިޒާމުތަކުން ކަރަންޓު ދޭން ޝައުވެރިވާ ފަރާތްތަކުން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ ހަކަތަ ވިއްކުމާ ބެހޭ އެއްބަސްވުމެއްގެ ދަށުން ސްޓެލްކޯ އަށް ކަރަންޓު ވިއްކުން.
  2. އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ހަރުދަނާ ކުރުމަށްޓަކައި ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމާއި އެނާޖީ މެނޭޖުމަންޓް ސިސްޓަމް ގާއިމުކޮށްދޭނެ ފަރާތްތަތަކަށް ފުރުސަތު ހުޅުވާލުން.
  3. ރަށްރަށުގައި އިންޖީނުގެ އެޅުމާއި ކަރަންޓް ވިއުގަ ގާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން.
  4. ސަބްސްޓޭޝަންތައް އިމާރާތްކުރުމާއި ސަބްސްޓޭޝަނަށް ބިމުގައި ވަޅުލާ ކޭބަލް އެޅުން.

ސްޓެލްކޯގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޝަލް ހުށައެޅިމުގެ ކުރިން، ޝައުގުވެރިކަން ފާޅުކުރުމާއި އިވެލުއޭޓް ކުރުމުގެ މަރުހަލާއެއް ކުރިއަށްދާނެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އަގާމެދު މަޝްވަރާ ކުރާނެ އެވެ.

ސްޓެލްކޯ އިން މާލެ ސަރަހައްދާ އެކު، 35 ރަށެއްގައި ކަރަންޓުގެ ހިދުމަތް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox