Advertisement

ބްރިޖު ލައިޓު ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

23 އޮގަސްޓު 2024 - 17:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސިނަމާލެ ބުރިޖު މަތީ ޓްރެފިކް ފުލުހަކު ހަރަކާތްތެރިވަނީ: ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވީ އަންހެނަކާއި ދެ ފިރިހެނުންނަށް --- ފޮޓޯ: އަދަދު


ބްރިޖު ލައިޓު ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

23 އޮގަސްޓު 2024 - 17:15 0

ސިނަމާލެ ބްރިޖު ލައިޓު ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓު ހިނގީ ރޭ ފަތިހު 5:26 ހާއިރު ކަމަށެވެ. އަނިޔާވީ އަންހަނަކާއި ދެ ފިރިހެނަކަށެވެ.

އޭގެތެރެއިން އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާ އަދި ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ. އަނެއް ސައިކަލުގައި އިން 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި މިހާރުގެ ހާލަތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ނަމަވެސް، މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެ ހިދުމަތުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.

ސިނަމާލެ ބުރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ގިނަ ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވެ އެވެ. މީގެތެރެއިން ބައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.