Advertisement

މިރޭ ޖަލްސާއެއް ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ދަނީ

22 އޮގަސްޓު 2024 - 14:13 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ރިޔާސަތު ބަލަހައްޓަވަނީ: މިރޭ ޖަލްސާއެއް ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ދާން ވަނީ ނިންމާފަ --- ފޮޓޯ: މަޖިލިސް އިދާރާ


މިރޭ ޖަލްސާއެއް ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ދަނީ

22 އޮގަސްޓު 2024 - 14:13 1

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށްފަހު މަޖިލީހުގެ ދައުރު ނިންމާލާ ޗުއްޓީއަށް ދިއުމަށް ނިންމައިފި އެވެ.

މިއަދުގެ ބޭއްވި މި ދައުރުގެ 32 ވަނަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މިރޭ 9:00 ގައި ކަމަށެވެ.

މި ހިނގާ ދައުރު ނިމޭނެ ކަމަށް ކުރިން އޮތީ އޯގަސްޓު 15، އަށެވެ. ނަމަވެސް މަޖިލީހުގައި މިވަގުތު ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރެގެން ދައުރު މި މަހުގެ 26، އާ ހަމައަށް ދިގުދަންމާލަން މަޖިލީހުން ފާސްކުރީ އޯގަސްޓު 13، ގަ އެވެ. ދައުރު ދިގު ދަންމާލަން ހުށަހެޅީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެޕްރީލް 21، ގައި އިންތިހާބުވެ މެއި 28، ގައި މަސައްކަތް ފެށި މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމި އެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅީ 23 ބިލެވެ.

މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރަށް ފުރިހަމަ ތާއީދު އޮތްއިރު، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.