22 އޮގަސްޓު 2024 - 01:36 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ފޭސް 2 ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވުން -- ފޮޓޯ: އުރީދޫ
22 އޮގަސްޓު 2024 - 01:36 0
ކަސްޓަމަރުންގެ ތަޖުރިބާ ރަގަޅުކޮށް ހިދުމަތްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގައި ހުޅުވައިފި އެވެ.
އުރީދޫއިން ބުނީ އިއްޔެ ހުޅުވި އެ ސެންޓަރަކީ ހުޅުމާލޭ ފޭސް 2 ގައި އުޅޭ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ދިނުމަށް ތައްޔާރުކޮށް ހުޅުވާފައިވާ ސެންޓަރެއް ކަމަށާއި، އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުން ވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން އެތަނުން ލިބިގެންދާނެ ކަމަށެވެ. މިތަން ހުންނާނީ ވީ6-ޖީ-03 ގަ އެވެ.
"މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެއް،" އުރީދޫއިން ބުންޏެވެ.
އެ އެކްސްޕީރިއަންސް ސެންޓަރުން ރައްޔިތުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި، ޑިވައިސް ގަތުމާއި، ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓްފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ.
މީގެއިތުރުން އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެ ގޮތް ކަސްޓާމަރުންނަށް އެ ސެންޓަރުން ކިޔައިދެ އެވެ.
ވިނަރެސްގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރު 13:00 އިން ހަވީރު 16:00 އަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment