Advertisement

މަހަށް ދޭތޯ މިފްކޯއިން މާދަމާ ހިލޭ އައިސް ބަހަނީ

21 އޮގަސްޓު 2024 - 20:28 0

ކޫއްޑޫ ބަނދަރުގައި މަސްދޯނިތަކެއް އަޅާފައި. މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައި --- ފޮޓޯ: އަދަދު ފައިލް


މަހަށް ދޭތޯ މިފްކޯއިން މާދަމާ ހިލޭ އައިސް ބަހަނީ

21 އޮގަސްޓު 2024 - 20:28 0

މަސްވެރިން މަހަށް ދޭތޯ މާދަމާ ހިލޭ އައިސް ބެހުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި, މިފްކޯއިން ބުނެފި އެވެ.

"މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރުމަށް ވަނީ ނިންމާފައި," މިފްކޯއިން ބުނެފައިވެ އެވެ.

މިގޮތަށް އައިސް ދޫކުރާނީ މާދާމާގެ ނިޔަލަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ދަށްވެ މަހަށް ފުރާ ދޯނިތައް ވަނީ މަދުވެފަ އެވެ.

ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާއިރު، ގިނަ މައްސަލަތަކަކީ މިފްކޯގެ ދޯހަޅި ހިންގުމާ ހުރެ ސިނާއަތަށް ދިމާވެގެން އުޅޭ މައްސަލަތަކެކެވެ. މިކަންކަން އިސްލާހުކުރަން ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގެނައި ފުރަތަމަ ބަދަލަކީ ކުރިން އެސްޓީއޯގެ ދަށުގައި އޮތް މިފްކޯ އަލުން ވަކި ކުންފުންޏަކަށް ހެދުމެވެ. ދެން ކުރި ކަމަކީ މިފްކޯއަށް ކަނޑުމަސް ގަންނަ އަގު ދުނިޔޭގެ ބާޒާރުގައި ހުންނަ އަގުތަކާއި މިފްކޯއަށް މަސް ވިއްކޭ އަގާ އެއްހަމައަށް ފްލޯޓިން ރޭޓަކަށް ބަދަލުކުރުމެވެ.

އެންމެ ފަހުން އިއުލާން ކޮށްފައިވާ އަގުތަކުގައި މިފްކޯއިން ގަނޑުކުރި މަސް ކިލޯއެއް ގަންނަނީ 16ރ. އަށެވެ. އަދި ގަނޑު ނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.