Advertisement

ރަޖިސްޓްރީ ނުކޮށް ހިންގާ ކާބޯތަކެތި ވިއްކާ ތަންތަން ޗެކުކުރަނީ ޝަކުވާ ހުށަހެޅުމުން: އެޗްޕީއޭ

22 އޮގަސްޓު 2024 - 11:58 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ގ. ރަނައުރާގޭއާގޭ ގޯޅިގަނޑުގައި ހުންނަ ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރި ބަދިގޭގެ ސިންކް: ފަޖިސްޓްރީ ނުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއިމެދު އެޗްޕީއޭ އިން އިސްވެ ފިޔަވަޅެއް ނާޅާ-- ފޮޓޯ އަދަދު


ރަޖިސްޓްރީ ނުކޮށް ހިންގާ ކާބޯތަކެތި ވިއްކާ ތަންތަން ޗެކުކުރަނީ ޝަކުވާ ހުށަހެޅުމުން: އެޗްޕީއޭ

22 އޮގަސްޓު 2024 - 11:58 0

ރަޖިސްޓްރީ ނުކޮށް ހިންގާ ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ޗެކު ކުރަނީ ޝަކުވާ ހުށަހެޅުމުން ކަމަށް ހެލްތު ޕްރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި، ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ މުޑުދާރު ކަމުގެ މައްސަލަ މިދިދަ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ފާހަގަ ކުރެވިފަ އެވެ.

ސޯޝަލް މީޑިޔާގައި އެކި މީހުން ހިއްސާކުރި ތަންތަން ޗެކް ކުރުމުގެ ތެރެއިން، ބުޅާ މަހުގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ކަމަށް ބެލެވޭ ތަނެއް ވެސް އިހަށް ދުވަހު ވަނީ ފެނިފަ އެވެ.

ބިދޭސީން ގޭގޭގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ މުޑުދާރުކަން ބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ކަމާބެހޭ ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ޗެކް ނުކުރުން ކަމަށް ގިނަ ބަޔަކު ދެކެވެ. އެހެންކަމުން އެކަމާއި މެދު އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ސުވާލު ކުރުމުން އެޗްޕީއޭ އިން ބުނީ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަން ޖެހޭ ތަންތަނުގެ ސާފުތާހިރުކަން އެ އެޖެންސީން ބަލައި ގަވާއިދާ ހިލާފަވާނަމަ ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.

"އާންމު ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ނުވަތަ އާންމު ސިއްހަތު ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެގެން މި އެޖެންސީއަށް އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ މި އެޖެންސީން އެތަނެއް އިންސްޕެކްޓް ކުރާނެ އެވެ. އަދި އިންސްޕެކްޝަންގެ ފާހަގަކުރެވުނު ކަންކަމަށް ބަލައި ފިޔަވަޅު އަޅަންޖެހޭފަދަ ކަމެއްވާނަމަ އެތަނަކާމެދު ފިޔަވަޅުއަޅާނެ،" އެޗްޕީއޭ އިން މެސެޖުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

އެޗްޕީއޭ އަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ބާރުދީފައިވާ އެޖެންސީ އެކެވެ. މީގެ 14 އަހަރު ކުރިން އަމަލުކުރަން ފެށި އެ ގާނޫނުގައި އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި، ދިރާސާކޮށް ހޯދައިބަލައި ގަވާއިދު ހަދައި އިސްވެ ފިޔަވަޅުއެޅުމުގެ ބާރު އެޗްޕީއޭ އަށް ދީފައިވެ އެެވެ.

ގާނޫނޫގެ ހަތްވަނަ ބާބުގައި، ގާނޫނުގެ 40 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި "އެއްވެސް މީހަކު، އެމީހަކު ދިރިއުޅޭ ތަނެއްގައި، ނުވަތަ އެމީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ޢިމާރާތެއްގައި ނުވަތަ ބިމެއްގައި ނުވަތަ ސަރަޙައްދެއްގައި ނުވަތަ ތަނެއްގައި އާން،މު ސިއްހަތަށް ނުރައްކާވާފަދަ ޢަމަލެއް ހިންގައިގެން ނުވާނެ" އެވެ.

އެ ގާނޫނޫގެ 42 ވަނަ މާއްދާގައި ގައި އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލު ކަމަށް ބެލެވޭ ކަންކަމުގެ ތެރޭގައި "..... މީހުންގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރާ ތަނެއް، މުޑުދާރުވުމުގެ ސަބަބުން ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުން ނުވަތަ އެފަދަކަމެއް ދިމާވުމުގެ ހާލަތެއް މެދުވެރިވުން" ހިމެނެ އެވެ.

މުޑުދާރު ތަންތަނާމެދު އެޗްޕީއޭ އިން ފިޔަވަޅު އަޅަން ޖެހޭކަން ގާނޫނު ވަރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް، އާންމުކޮށް ވިއްކުމަށްޓަކައި، ރަޖިސްޓްރީ ނުކުރާ މުޑުދާރު ތަންތަނުގައި ކާބޯތަކެތި ހަދައިގެން ވިއްކުމަކީ، ރިޕޯޓެއް ނުކުރާހާ ހިނދެއްގައި އެޗްޕީއޭ އިން ފަރުވާލެއް ބަހައްޓާކަމަކަށް ނުވެ އެވެ.