Advertisement

ސައުދީ ސެންޓްރަލް ބޭންކުގެ ގަވަރުނަރާ ފޮރިން މިނިސްޓަރު ބައްދަލުކޮށް، ރާއްޖޭ މާލީ ހާލަތު ކިޔައިދީފި

20 އޮގަސްޓު 2024 - 16:16 1

އަހުމަދު އާއިދު

އ

Advertisement

ވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީ އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ


ސައުދީ ސެންޓްރަލް ބޭންކުގެ ގަވަރުނަރާ ފޮރިން މިނިސްޓަރު ބައްދަލުކޮށް، ރާއްޖޭ މާލީ ހާލަތު ކިޔައިދީފި

20 އޮގަސްޓު 2024 - 16:16 1

Advertisement

Advertisement

ރަސްމީ ދަތުރެއްގައި މިހާރު ސައުދީ އަރަބިއްޔާގައި ހުންނެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީ އާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ސައުދީ ސެންޓްރަލް ބޭންކުގެ އިސްވެރިންނަށް މިވަގުތު ރާއްޖޭގެ މާލީ ހާލަތު ހިއްސާކުރެއްވި ކަމަށެވެ.

Advertisement

ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، އައިމަން އާ ބައްދަލުކުރައްވާ މާލީ ހާލަތުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ކުރިއެރުންތަކާއި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ސައުދީއާއެކު ވިޔަފާރީގެ ރޮނގުން އެކުގައި މަސައްކަތްކޮށް ރާއްޖެއަށް ދިމާވެފައިވާ ބޭރުގެ ލޯނުތަކުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރުގެ ދަތުރުގައި އައިމަންގެ އިތުރުން، އެ ގައުމުގެ އިންވެސްޓްމަންޓު މިނިސްޓްރީގެ އިސްވެރިން އަދި ފޮރިން މިނިސްޓަރު ވަލީއަހުދު ފައިސަލް ބިން ފަރްހާން އަލް-ސައުދާ ބައްދަލުކުރައްވާފައިވެ އެވެ. އަދި، ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ސިޓީއެއް އެ ގައުމުގެ ހާރިޖީ ވަޒީރާ ހަވާލުކުރެއްވި އެވެ.

Advertisement

އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ހާމަނުކުރާތާ ދެ މަސް

ފިނޭންސް މިިނިސްޓްރީން އެންމެ ފަހުން ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އާންމުކުރީ މީގެ 60 ދުވަސް ކުރިން، ޖޫން 20 ގައި. އެއީ މި އަހަރުގެ 25 ވަނަ ހަފުތާއާ ހަމައަށް މާލީ ހިސާބުތައް އަންގައިދޭ ރިޕޯޓެއް. މިއީ އަހަރުގެ 34 ވަނަ ހަފުތާ.

އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ހާމަނުކުރާތާ ދެ މަސް

ފިނޭންސް މިިނިސްޓްރީން އެންމެ ފަހުން ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އާންމުކުރީ މީގެ 60 ދުވަސް ކުރިން، ޖޫން 20 ގައި. އެއީ މި އަހަރުގެ 25 ވަނަ ހަފުތާއާ ހަމައަށް މާލީ ހިސާބުތައް އަންގައިދޭ ރިޕޯޓެއް. މިއީ އަހަރުގެ 34 ވަނަ ހަފުތާ.

ޒަމީރު ސައުދީއަށް ވަޑައިގެންނެވީ ބަހުރެއިނަށް ވަޑައިގެން، އެ ގައުމުގެ ވެރިންނާއި ދިރާގުގެ މައި ހިއްސާދާރު، ބަޓެލްކޯގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. ބަހުރެއިނަށް ވެސް ޒަމީރު ވަޑައިގެންނެވި ރައީސްގެ ސިޓީއެއް ހިއްޕަވައިގެންނެވެ. އޭގެ ދުވަސްކޮޅެއް ކުރިން ޗައިނާއަށް ވެސް ހަމަ ރައީސްގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވި އެވެ.

ރާއްޖޭގެ މާލީ ހާލަތު ސައުދީ މައި ބޭންކުގެ އިސްވެރިންނާ ހިއްސާކޮށްފައިވާއިރު، ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން ގަވާއިދުން ޝާއިއުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތައް އާންމުނުކުރާތާ މިއަދަށް ވަނީ ދެމަސްވެފަ އެވެ.

މާލީ ހިސާބުތަކުގެ ރިޕޯޓުތައް އާންމު ކުރުން ފިނޭންސުން ހުއްޓާލާފައިވާއިރު، ގައުމުގެ މާލީ މުސްތަގުބަލާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މި ކަންބޮޑުވުންތައް އިތުރުވީ މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރުމުންނެވެ.

Advertisement

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ލަދުން ބޯ ހަލާކު

7 months ago

މި ގައުމަށް މިނޫންވަރެއްނުވ،ި އަންނަ ފަތުރުވެރިންވަނީ ގިނަ، ސަލާން ޖެހުމުން އަރައިގަންނާނެ ގޮތެއްނެތް. ލިބޭ ހުރިހައި އެއްޗެއް ޕާޓީ ކުދިންނަށް ބެހުން މި އޮންނަނީ ކޮންމެ ސަރުކާރަކަށް.