Advertisement

މުރައިދޫ މަރާމާތު ކުރަން އެއްވެސް ހަރަދެއް ނުކުރާ ކަމަށް މަޖިލީހުން ބުނެފި

20 އޮގަސްޓު 2024 - 14:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މުރައިދޫ މަރާމާތު ކުރުމަށްފަހު މިފަހުން ހަރުކުރި ނަންބޯޑު: އެ ގެ މަރާމާތު ކުރަން އެއްވެސް ހަރަދެއް ނުކުރާ ކަމަށް މަޖިލީހުން ވަނީ ބުނެފަ --- ފޮޓޯ: މިރާން ނާޝިމް / އަދަދު


މުރައިދޫ މަރާމާތު ކުރަން އެއްވެސް ހަރަދެއް ނުކުރާ ކަމަށް މަޖިލީހުން ބުނެފި

20 އޮގަސްޓު 2024 - 14:26 0

ރައްޔިތުން މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މ. މުރައިދޫ މަރާމާތު ކުރަން އެ އިދާރާއިން މި އަހަރު އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މި އަހަރު މުރައިދޫ މަރާމާތުކުރީ 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެވަޑައިގަތުމަށެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވި އެވެ. އެމަނިކުފާނު މުރައިދޫއަށް ބަދަލުވެވަޑައިގެންނެވީ ޖުލައި 26، ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމުން، މި މަރާމާތައް ދިޔަ ހަރަދު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ހުށަހެޅުމުން މަޖިލީހުން ބުނީ މުރައިދޫ މަރާމާތު ކުރަން މި އަހަރު އެ އިދާރާއިން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށެވެ. ޖަވާބާމެދު ސުވާލު އުފެދިގެން ގުޅުމުން ވެސް މަޖިލީހުން ދިނީ ހަމަ އެ ޖަވާބެވެ.

ނަމަވެސް، އަބްދުއްރަހީމް އެ ގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މުރައިދޫ ވަނީ މަރާމާތުކޮށްފަ އެވެ. އެ ގޭގެ ބޭރުން ވެސް ގިނަ މަރާމާތްތަކެއް ކޮށްފައިވާކަން އެނގެ އެވެ.

އެމްޑީޕީ ވެރިކަމުގެ ފުރަތަމަ ކޮޅު އެ ގެ ހުސްކޮށް ހުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް އެ ގެ ހާއްސަ ކުރެއްވީ، މެއި 6، 2021 ގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހެވެ.

ނަޝީދަށް ފަހު 19 ވަނަ މަޖިލީހުގެ ރައީސްއަކަށް އިންތިހާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު މުރައިދޫގޭގައި ދިރިއެއްނޫޅުއްވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުރައިދޫ ކުއްޔަށް ދީފައި ހުރީ އެ މަނިކުފާނުގެ ބޭފުޅުން ދިރިއުޅުއްވުމަށެވެ.