Advertisement

ގަވަރުނަރު މުނައްވަރު ހުރިހާ ބޭންކުތަކާ ބައްދަލުކޮށްފި

19 އޮގަސްޓު 2024 - 19:47 0

އަމަން ހަލީމް

އަމަން ހަލީމް

އެމްއެމްއޭ އާއި ބީއެމްއެލްގެ ވެރިން ބައްދަލުކުރައްވަނީ: ރާއްޖޭގައި އޮޕަރޭޓުކުރާ އަށް ބޭންކުގެ ވެރިންނާ މުނައްވަރު މަޝްވަރާކުރެއްވި -- ފޮޓޯ: އެމްއެމްއޭ


ގަވަރުނަރު މުނައްވަރު ހުރިހާ ބޭންކުތަކާ ބައްދަލުކޮށްފި

19 އޮގަސްޓު 2024 - 19:47 0

މިފަހުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އައްޔަނުކޮށްފައިވާ އަހުމަދު މުނައްވަރު، ރާއްޖޭގެ ހުރިހާ ބޭންކުތަކާ ބައްދަލުކުރައްވައިފި އެވެ.

އެމްއެމްއޭއިން މީޑީއާތަަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖޭގައި އޮޕަރޭޓުކުރާ އަށް ބޭންކުގެ އިސްފަރާތްތަކާ މުނައްވަރު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެއީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިތުރުން ބޭންކް އޮފް ސިލޯން އާއި މޮރިޝަސް ކޮމާޝަލް ބޭންކް އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ހަބީބް ބޭންކް އާއި އެޗްއެސްބީސީ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި ބައްދަލުވުންތަކުގައި މަޝްވަރާކުރީ، ބޭންކުތަކާ އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅު ކުރުމަށާއި މާލީ ދާއިރާގެ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުމަށެވެ.

މުނައްވަރު ގެންދަވަނީ ގަވަރުނަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްއެމްއޭއަށް ގިނަ ބަދަލުތަކެއް ގެންނަވަމުންނެވެ. އޭގެ ތެރޭގައި އެމްއެމްއޭގެ ހިންގުމުގެ އޮނިގަނޑަށާއި މާލީ އިދާރާތަކާ ގުޅޭ ގަވާއިދުތަކަށް ގެންނަމުންދާ އަދި ގެންނަން ވިސްނަމުުންދާ ބަދަލުތައް ހިމެނެ އެވެ.

ގަވަރުނަރުގެ މަގާމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާ އިންޓަވިއު ކުރިއިރު، މުނައްވަރު ވަނީ ރާއްޖޭގެ މާލީ ދާއިރާއާ މެދު އޭނާ ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފަ އެވެ.

މާލިއްޔަތު ކޮމިޓީގައި މުނައްވަރު ދެއްކެވި އެއް ވާހަކައަކީ ޖީޑީޕީގެ ނިސްބަތުން މާލީ ދާއިރާގެ ހިއްސާ ދެ ގުނަ ކުރުމެވެ. މިހާރު ޖީޑީޕީގައި މާލީ ދާއިރާގެ ހިއްސާއަކީ ހަ ޕަސެންޓެވެ.